ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމަށް ފައިދާ އޮތީ، ސަރުކާރުން އެ ވިޔަފާރީގެ ތެރެއިން ނިކުތުމުން: ރައީސް

ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރަސްމީ ޖަލްސާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތަށް އެންމެ ފައިދާ ހުރި ގޮތަކީ، އެ ވިޔަފާރިން ސަރުކާރު ނިކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް މި ދަނޑިވަޅުގައި މަސްވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތު ކުރުމުގައި އެންމެ މުހިންމު ކަމެއް ދޭންޖެހޭ އެއް ސިނާއަތަކީ މަސްވެރިކަން ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި އެއްގޮތަށް މަސްވެރިކަމަކީ ދުނިޔޭގެ ގައުމުތަކުގައި މަގުބޫލުކަން ހޯދޭނެ ދާއިރާއެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ފައިދާ ބޮޑީ، ސަރުކާރުން އެ ދާއިރާގެ ތެރެއިން ނިކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތް މައްޗަށް މަސްވެރިކަން ދޫކޮށްލުން ނަމަވެސް، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި ގަބޫލު ނުކުރެވޭ ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ރައީސް ވިދާޅުވީ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި، އިންސްވެސްޓަރުގެ ގޮތުގައި ތިބި އޮޑިވެރިންތައް ބަނގުރޫޓުވުމުގެ ބިރު އޮތުމެވެ.

“އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ސިނާޢަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި. ވަރަށް ގިނަ ލުއިތަކެއްވެސް ދިން. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. އަޅުގަނޑުމެން މިދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، އަދި އެޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް މި ސިނާއަތު ބައްޓަންކުރުން.” ރައީސް ސޯލިހު

ސަރުކާރުގެ ސިޔާސަތަކީ އަބަދުވެސް މަސްވެރިންނަށް ފައިދާ ހުރި ގޮތަށް ސިނާއަތް ބައްޓަންކުރުންކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. މިވަގުތު ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ހާލަތާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި މިފްކޯގެ ހަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި ސަރުކާރާއި، އެސްޓީއޯއިން ކުންފުންޏަށް 351 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިފްކޯ ގެއްލުމުގައި ހިންގަމުން އަންނަތާ އެތައް އަހަރެއް ވީ ނަމަވެސް، އެގޮތަށް ސަރުކާރުން އަމަލު ކުރަންޖެހުނީ މަސްވެރިންނަށް ލިބޭ އާމްދަނީއަށް އެއްވެސް ހުއްޓުމެއް އަޔަނުދިނުމަށް ކަމަށެވެ.

2019 ވަނަ އަހަރަކީ މިފްކޯގެ 14 އަހަރުގެ ތާރީހުގައި ވެސް މަސް ގަތް އަހަރުގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ސޯލިިހު ވިދާޅުވީ، އެއީ 48،494 ޓަނުގެ މަސް ކަމަށެވެ. އަދި މިފްކޯގެ މުޅި ހަޔާތުގައި ވެސް މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރެވުނީ ވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ 2019 ވަނަ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ދޫކުރެވުނު ކަމަށެވެ.

2020 ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44،510 ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިނަނަށް 840.31 މިލިއަން ދޫކުރެވުނު ކަމަށާއި މި ސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދެވުނު ކަމަށެވެ.

“މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިންގ ފެކްޓްރީއަށް އެކަނި ބެލިކަމުގައިވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލުކުރަންޖެހޭނެ. 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް. 2019 ވަނަ އަހަރު، މިދިޔަ އަހަރު 9000 ޓަނުގެ މަސް. އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ފެލިވަރަށް ގަނެފި. މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް.” ރައީސް ސޯލިހު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: