ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ އީޖާދު އުފެއްދުމުގެ ހިތްވަރު ލިބުނީ ރައީސްގެ ކިބައިން: މުޣުނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ އަމިއްލަ އީޖާދެއް ކަމަށްވާ ސޯލާ ޕޮޑް އުފެއްދުމުގެ ހިތްވަރު ލިބިގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އަމިއްލަ އީޖާދެެއް ކަމަށްވާ ގްރީން ލައިފް ސޯލާ ޕޮޑް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތިގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ މިފަދަ އީޖާދެއް އުފެއްދުމަށް ސްޓެލްކޯއަށް ހިތްވަރު ލިބިގެން ދިޔައީ މިއަހަރުގެ ކުރީކޮޅު ކަރަންޓުގެ ޚިދުމަތަށް 70 އަހަރު ފުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އިރުޝާދާއި ނަސޭހަތުގެ ބަސްތައް ކަމަށެވެ. މުޣުނީ ވިދާޅުވީ، ސޯލާ ޕޮޑަކީ ސްޓެލްކޯގެ ގްރީން ލައިފް ހަރަކާތުގެ ދަށުން ތިމާވެއްޓާއި ރައްޓެހި ސަގާފަތެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކޔރެވުނު މަސައްކަތެއް ކަމަށެވެ.

ސޯލާ ޕޮޑް އީޖާދުކުރުމުގެ މަސައްކަތް ކުރަމުންދިޔައީ، ރާއްޖެއިން ބޭރުގައި މިފަދަ ޕެނަލްތައް ގާއިމްކޮށްފައިވާ ގޮތް ދިރާސާ ކުރުމަށްފަހު ކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މާހައުލާއި ވަރަށް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށް މުޣުނީ ވިދާޅުވިއެވެ. މިއުފެއްދުން ފަރުމާ ކުރުމުގައި މީގެ ކުރިން ވ އަތޮޅުގައި ހިންގި ޕްރޮޖެކްތްތަކަށް އަލިއަޅުވާލާފައިވާނެކަމަށް ވިދާޅުވިއެވެ.

މިއުފެއްދުމަކީ 25 އަހަރުގެ ވޮރެންޓީ ދެވޭވަރުގެ އުފެއްދުމެއް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ރަނގަޅަށް ބެލެހެއްޓޭ ކަމުގައިވާނަމަ 25 އަހަރުވަންދެން މިއުފެއްދުން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިސޯލާ ޕޮޑްގައި 330 ވޮޓްގެ 8 ސޯލާ ޕެނަލް ހަރުކޮށްފަިއވާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: