ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020: އިގްތިސާދީގޮތުން ތަދު އަހަރެއް، ހަމަޔަކަށް އެޅުމަށް އަހަރުތަކެއް ނަގާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރު ނިންމާލީ ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ އުފާ ފާޅުކުރަމުންނެވެ. އަހަރު ނިންމާލީ ކުރިއަށް އޮތް 2020 ވަނަ އަހަރަކީވެސް ފަތުރުވެރިކަމުން އިތުރު ކުރިއެރުންތައް ހޯދާނެ އަހަރެއް ކަމަށް ލަފާކުރަމުންނެވެ.

އެހެންނަމަވެސް، އިގްތިސާދީ ގޮތުން ހުރިހާ ކަމެއް އެފުށް މިފުށަށް ޖަހާލީ ކޮވިޑް-19 ގެ ކޭސްަތއް ރާއްޖެއިން ފެންނަން ފެށި ހިސާބުންނެވެ. ބޭރު ދުނިޔޭގެ ބޮޑެތި މާކެޓްތަކުން ބޯޑަރުތައް ބަންދުކުރުމާއި، ގައުމުތަކުން ކޮވިޑް019ގެ ކޭސްތައް ފެންނަން ފެށުމާއެކު ރާއްޖެއިންވެސް ކޮންމްވެސް ވަރަކަށް ފިޔަވަޅުތައް އަޅަންޖެހުނެވެ. އެގޮތުން ބައެއް ގައުމުތަކުން ފަތުރުވެރިން ގެނައުން މަނާކޮށް، ފަތުރުވެރިން އައިސް އަދި ދިވެހިންވެސް ރާއްޖެއިން ބޭރަށް ގޮސްވެ އަނބުރާ އައިސް އުޅުމުގައިވެސް ހަރުދަނާ އުސޫލުތަކެއް އެކުލަވާލަން ޖެހުނެވެ.

މިއުސޫލުަތަކާއިއެކުވެސް، ރާއްޖޭގެ މީހުން އުޅޭ ރަށްތަކާއި ހަމައަށް ޚާއްސަކޮށް މާލެ ސިޓީއަށް ކޮވިޑްގެ ކޭސްތައް އަޔަނުދީ ހިފަހައްޓައެއް ނުލެވުނެވެ. މާލެއިން ކޮވިޑްގެ ކޭސްއެއް ފެނުމާއެކު މުޅި މާލެ ސިޓީ ލޮކްޑައުންކޮށް، ބޯޑަރު ބަންދުކުރަން ޖެހުނެެވެ. މިއާއެކު މުޅި ގައުމުގެ އިގްތިސާދު އެކީ ހުއްޓުމަކަށް އައިސް، ވަކި ވަކި ފަރުދުނާނއި ބޮޑެތި ވިޔަފާރިތަކަށްވެސް ހީޯނުކުރާ ވަރުގެ ބޮޑެި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ.

ފަތުރުވެރިކަމުިގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ދާއިރާއަށްވުމުން، ބޯޑަރު ބަންދުކުރުން ވެގެންދިޔައީ ރާއްޖޭގެ މުޅި އިގްތިސާދު އެކީ ހުއްޓުނު ކަމަކަށެވެ. ދައުލަތަށް ލިބޭ އާމްދަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓި، ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ގެއްލި ވަރަށް ގިނަ އާއިލާތައް ހާލުގައި ޖެހުނެވެ. އަދި މާލެ ސިޓީ ލޮކްޑައުންކުރުމާއެކީ ވިޔަފާރީގެ މުއާމަލާތްތައް އެއްކޮށް ކަހަލަ ގޮތަަކަށް ހުއްޓުނެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރަށް އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އެހީ ފޯރުކޮށްދޭންޖެހުނެވެ. އެގޮތުން، ވަޒީފާއަށް ނުވަތަ އާމްދަނީއަށް އަސަރުކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް އަދި އަސަރުކުރި ވިޔަފާރިތަކަށް އިކޮނޮމިކް ރިލީފް ޕެކޭޖް ދޫކުރަން ފެށިއެވެ.

އެގޮތުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 16،469 މީހަކަށް 207.7 މިލިއަން ރުދިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ 2،039 ވިޔަފާރިއަކަށް 342.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 1،403 ވިޔަފާރިއަކާއި އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސަރުންގެ ތެރެއިން 636 މީހަކަށް ވަނީ އެލަވަންސް ދޫކޮށްފައެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް، ރިކަވަރީ ލޯން ސްކީމް ތައާރަފްކޮށް 411 ވިޔަފާރިއަކަށް 578.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
2020 ވަނަ އަހަރު ފެށުމާއެކު ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއް އެކުލަވާލައި، ސަރުޚާރުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަން ދިނެވެ. އަދި ސިއްހީ ދާއިރާއަށް ކުރަމުންދިޔަ ހޭދަތައް ވަރަށް ބޮޑުތަނުން އިތުރުވެގެންދިޔައެވެ،

އަހަރު ފެށުނީއްސުރެ އާމްދަނީ ލިބެމުންދާ މިންވަރު މަހަކަށްވުރެ މަހެއް ދިޔައީ ދަށްވަމުންނެވެ. ޚާއްސަކޮށް، ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މާޗްމަހުގެ ތެރޭގައި ބަންދުކުރި ބޯޑަރު ޖުމައި 15 ގައި އަލުން ހުޅުވާލިއިރު، މިހާރު ކޮންމެވެސް ވަރަކަށް އިގްތިސާދު ހަމަަޔަކަށް އެޅެމުން އަންނަކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި ކޮވިޑްގެ ކުރިން ދުވާލަކު އެވްރެޖްގޮތެއްގައި ފަތުރުވެރިން އަންނަމުންދިޔަ އަދަދަށް މިހާރުނ ފަތުރުވެރިން އަންނަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިން އައުމާއި ގުޅިގެން، އެކަން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވާއިރު، މުޅި އަހަރު ޖުމްލަ ފަސްލައްކަ ފަތުރުވެރިން އައުމާއި ގުޅިގެން އެކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ބޯޑަރު ހުޅުވާލިފަހުން ވީއައިއޭއަށް އެންމެ ބާރުބޮޑު ދެ ދުވަސް ގޮތުގައި ޑިސެމްބަރު 26 އަދި 27 ވަނީ ފާހަގަކުރެވިގެން ގޮސްފައެވެ.

ފަތުރުވެރިކަމަށްފަހު، މައިގަނޑު އިގްތިސާދީ ސިނާއަތަކީ މަސްވެރިކަން ކަމަށްވާއިރު މަސްވެރިކަމުގެ ސިނާއަތަށްވެސް ފުދޭވަރެއްގެ ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެގެން ގޮސްފައެވެ. އެގޮތުން، މަހަށް ފުރުންވެސް މަނާކޮށްފައި އޮތް ދުވަސްވަރެއް ދިޔުމާއިއެކު މަސްވެރިންނަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަދި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ލަސްވުން ފަދަ ކަންކަން ވަނީ ކުރިމަތިވެފައެވެ.

ޖުމްލަކޮށް ބުނާނަމަ، ހުސްވި އަހަރަކީ އިގްތިސާދީ ގޮތުން ތަދު އަހަރެކެވެ. އެހެންނަމަވެސް، އިގްތިސާދީ ހަރަކާތްތަކަށް ކޮންމެވެސް ވަރަކަށް ކުރިއެރުން އެބައާދެއެވެ. އެއީ އަދި މުޅިން އިގްތިސާދު ރަނގަޅުވީކަމަށް ނުބެލެވޭނެކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. އަދި އިގްތިސާދު އިހު އޮތް ހާލަތަށް ރަނގަޅުވުމަށް މަދުވެގެން ދެތިން އަހަރު ނަގާނެކަމަށް އިގްތިސާދީ މާހިރުން ގަބޫލުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: