ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕާޓީތަކަށް ޚަރަދުކުރުމަކީ މަނާކަމެއް ގޮތުގައެއް ނެތް: އޭސީސީ

އޭސީސީގެ ރައީސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ޚަރަދުކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ނައްސުން މަނާކޮށްފައިވާ ކަމަކަށްނުވާތީ ސިޔާސީ ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެނޑިޑޭޓުންގެ ކެމްޕޭނަށް ޚަރަދުކުރުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާކަމެއްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީއިން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ކެންޑިޑޭޓުންނަށް ފައިސާއާއި ވަޞީލަތްތައް ޚަރަދުކުރުމާއި، ދޫކުރުމާގުޅޭ 37 މައްސަލައެއް ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ކޮމިޝަނަށް ހުށަހެޅިފައިވާކަމަށެވެ. ދައުލަތުގެ ބައެއް އިދާރާތައް މެދުވެރިކޮށްސިޔާސީ ޕާޓީތަކުން ދައުލަތުގެ ފައިސާއާއި ވަޞީލަތްތައް ބޭނުންކުރާކަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުން ފާހަގަކުރެވޭކަމަށްވެސް ރިޕޯޓުގައިވެއެވެ.

އިންތިޚާބާ ބެހޭ އާންމ ޤަނޫނުގެ 70 ވަނަ މާއްދާގެ (ށ) ގައި ކެނޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވީނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ޚަރަދުކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ނައްސުން މަނާކޮށްފައިވާ ކަމަކަށްނުވާތީ ސިޔާސީ ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެނޑިޑޭޓުންގެ ކެމްޕޭނަށް ޚަރަދުކުރުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ސިޔާސީ ޕާޓީގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފައިސާ ޚަރަދު ކޮށްފައިވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުން ފާހަގަކުރެވޭކަމަށް ކޮމިޝަނުން ބުނެއެވެ.

އެހެންކަމުން، ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުސަތު މިގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ބޭނުންކުރުމަށް ހުޅުވިފައިވާ ފުރުސަތެއް ގޮތުގައި ކޮމިޝަނުން ފާހަގަކުރެއެވެ. ދައުލަތުގެ އަދި ދައުލަތް ހިއްސާވާ ކުންފުނިތަކުގައި އެއިރެއްގައި ވެރިކަން ކުރާ ޕާޓީއެއްގެ ނުފޫޒު އޮތުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެއްކަމުގައި ބެލެވެނީ ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަލައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، އެފަރާތްތައް އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ ހަރުދަނާ އުސޫލުތައް އެކުލަވާލެވިފައިނުވާތީކަމަށް އޭސީސީއިން ދެކެއެވެ.

އެހެންކަމުން، ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުސަތު މިގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަޞީލަތްތައް ބޭނުންކުރުމަށް ހުޅުވިފައިވާ ފުރުސަތެއްކަމަށް ކޮމިޝަނުން ބުނެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނުން ވަނީ ބައެއް ކަންކަން ރިޕޯޓުގައި ހުށައަޅާފައެވެ. އެގޮތުން، އިންތިޚާބާ ބެހޭ އާންމު ޤަނޫނުގައި ކެނޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވާފަދައިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ޚަރަދުނުކުރެވޭނެކަން ސިޔާސީ ޕާޓީގެ ޤާނޫނުގައި ނައްސުން ބަޔާންކުރުމާއި، ދަރަންޏަށް ފައިސާ ނެގޭނެ ގޮތްތަކާއި ދަރަންޏަމެދު ޒިންމާވާނެ ފަރާތްތައް ތަފްޞީލުކޮށް ބަޔާންކުރުމާއި ޕާޓީގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ތެރޭގައި ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާއާއި ދަރަނިދިން ފަރާތުގެ މައުލޫމާތު ބަލަހައްޓައި ގަވާއިދުން އެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުން ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަން އޮވެ ދަނީ ކުރަމުން ނާޖާއިޒު ފުރުސަތު އޮތީ ދެވިފަ. ސިޔާސީ މަގާމްތަކަށް ކެމްޕެއިން ކުރާ އެންމެން ޝާމިލެއް ނުކުރޭ. ދައުލަތުގެ ފައިސާ އިން ތިންވަނަ އަތުން ނަގާ ހުސްކުރަނީ. މިކަމުގެ ޒިންމާ ވާންޖެހޭ ބަޔަކު ތިބޭނެ. އެމީހުންނަށް އެކުރަނީ ހުއްދަ ވައްކަން. ވަރަށް މަޖާ ކަންކަން ހަރާންކޯރުވުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: