ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވގެ ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލީ ހުސްވި ޑިސެމްބަރު މަހުގެ 28އިން 31ގެ ނިޔަލަށެވެ. ނަމަވެސް، ރޯޑްރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ޖެނުއަރީ 5ގެ ނިޔަަލަށް އިތުރުކޮށްފައެވެ. ދުވުމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިމިވަނީ މުއްދަތު ހަމިވިއިރު ގިނަބަޔަކު ބައިވެރިވުމަށް އެދެމުުންދާތީ ގިނަބަޔަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތުދެއެވެ.

މި ދުވުން ކުރިއަށް ގެންދަނީ ފުލުހުންނާއި އެލައިޑް އަދި ރަން ފޮރ މޯލްޑިވްސް ގުޅިގެންނެވެ. މިދުވުމުގައި ރަޖިސްޓްރީ ވުން ކުރިއަށްދަނީ ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށެވެ. ހިލޭ ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް  މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ސޭފްޓީ ރަން” ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2021 ޖެނުއަރީ 8 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލޭގައެވެ. މިދުވުން ޖެނުއަރީ 16 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށްދާއިރު މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް، ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

ރައްކާ ރޯޑް ސޭފްޓީ ރަންގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ވީޑިއޯ ކުލިޕްތަކާއި އެކްސިޑެންޓް ރޯލް ޕްލޭ އާއި ޓީވީ ޕްރޮގްރާމާއި އާންމު ހިދުމަތްދޭ ތަންތަނުގައި ވީޑިއޯ ޑިސްޕްލޭ ކުރުމަށް ރައްކާ ރޯޑް ޝޯވގެ ތެރެއިިން ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: