ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު އެކުލަވާލާ މަޖިލީހަށް ހުށަހަޅަނީ!

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ފަރުވާއެއް ބޭނުންވެފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، އިންތިހާބުތަކުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ދިނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިސްލާގެނައުމަށް ކަމާބެހޭ ބިލެއް އެކުލަވާލުން ކުރިޔަށް ދާ ކަމަށާއި، އެ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަަޅާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ނިންމި، ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކުރީ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އިންތިހާބު ބާއްވަން ޖެހޭނެ ތާރީހެއް އެންމެ ލަސްވެގެން މި މަހުގެ ތެރޭގައި ފައިނަލްކޮށް، މޭއި މަހުގެ 09 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މިއަދު ޓްވީޓެއް ކުރައްވާ ވިދާޅުވެފައިވަނީ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އޭޕްރިލް ތިނެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އަމާޒަކީ ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުން ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

ސަންސެޓު ގާނޫނުގެ 07 ވަނަ މައްދާގެ (ހ) ބުނެފައިވާ ގޮތުން އިންތިހާބުގެ މަސައްކަތްތައް އީސީއަށް ކުރިޔަށް ގެންދެވޭނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، އެއަށް އަމަލު ކުރުން ހުއްޓާލާފައިވާކަން ރަސްމީކޮށް އިއުލާނު ކުރުމުންނެވެ. އެ އިސްލާހުގައި ބުނެފައިވަނީ އިންތިހާބާއި ބެހޭ ކަންކަން ކުރިޔަސް ގެންދިއުމަކީ އައްމު ސިއްހަތަށް ނުރަައްކަލެއް ކުރިމަތިވެދާނެ ކަމެއް ނޫންކަމަށް ކަމާއި ބެހޭ އިދާރާތްތަކުން ކަނޑައެޅުމުން ނޫނީ، އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ، ކޮވިޑު-19 އަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން އުނދަގޫވާނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެހެން ކަމުން މިވަގުތު އިންތިހާބަށް އޮތް ހަމައެކަނި ހައްލަކީ، އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: