ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނި ޕާޓީ ކްލަސްޓާ: ބަލި ޖެހުނު މީހުންގެ އަދަދު 92 އަށް!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ޑިސެމްބަރު މަހުގެ 20 ގައި ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއަކުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އުފެދުނު ކްލަސްޓާއިން ބަލި ޖެހުނު މީހުންގެ އަދަދު 92 އަށް އަރައިފިއެވެ.

ޕާޓީއިން ކޮވިޑުގެ ކޭސްތައް ފާހަގަކުރެވި ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އެކަން މީޑިއާތަކާއި ހިއްސާކޮށްފައި ވަނީ ޑިސެމްބަރު 26 ގައެވެ. އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބޭއްވި އެ ހްފްލާގައި 120 މީހަކު ބައިވެރިވެފައިވާކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.

އެޗްޕީއޭގެ ވެބްސައިޓުން ކޮވިޑު ކްލަސްޓާތަކުގެ މައުލޫމާތު އެނގެން ހުރެއެވެ. އަދި އެ މައުލޫމާތުތަކުގައި ވާ ގޮތުން މިހާތަނަށް އެ ކްލަސްޓާއިން 92 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި، އުމުރުން ދުވަސް ވީ ފަރާތްތަކާއި، ކުޑަކުދިން ހިމެނެއެވެ.

އެޗްއީއޯސީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުން، ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 260 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ގިނަ ބަޔަކު ކްލަސްޓާއިން ޕޮޒިޓިވެފައިވާތީ، ކޮންޓެކްޓުން އެއަށް ވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.

މިއީ މާލޭގައި ކޮވިޑު ފެތުރި، ލޮކްޑައުންގެ ލުއިތަކެއް ދިން ފަހުން ފެނުނު އެންމެ ބޮޑު އެއް ކްލަސްޓާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: