ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނި ކްލަސްޓާ: ޕޮޒިޓިވް ވި މީހުންގެ އަދަދު 100 އަށް، ކޮންޓެކްޓްސް 300 ގައި!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝީބިލްޑިންގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި ކައިވެނި ހަފްލާއަކުން ކޮވިޑު-19 ފެތުރި، އެ ކްލަސްޓާއިން ބަލި ޖެހުނު މީހުންގެ އަދަދު 100 އަށް އަރައިިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ، ބަލި ޖެހުނު މީހުންގެ ތެރެއިން 68 މީހަކު ބައްޔަށް ޕޮޒިޓިވް ކަމަށެވެ. އަދި އަނެއް 32 މީހުންނަކީ، ބަލި ޖެހުނު މީހުންނާއި އެކި ގޮތްގޮތުން ޑައިރެކްޓު ކޮންޓެކްޓު ވީ މީހުން ކަމަށް އެ ސެންޓަރުން ބުންޏެވެ.

ކައިވެނި ކަލަސްޓާގައި ޑައިރެކްޓު ކޮންޓެކްޓުން ގިނަކަން ފާހަގަކޮށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ މީހުންގެ ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ އަދަދު މިހާތަނަށް 300 އަށް އަރާ ކަމަށެވެ. އަދި ޖުމްލަ 401 މީހެއްގެ ސާމްޕަލް ޓެސްޓު ކުރެވުނު ކަމަށެވެ. އެ ހުރިހާ އެންމެންވެސް ވަނީ ކަރަންޓީން ކޮށްފައެވެ. އޭގެ ތެރޭގައި 71 މީހުންނަކީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ޕާޓީ އިން ބައްޔަށް މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ކްލަސްޓާގެ ތެރޭގައި އަހަރު ނުވާ ކުއްޖެއް ވެސް ހިމެނެއެވެ.

އެޗްއީއޯސީން މައުލޫމާތު ދިން ގޮތުން، ކައިވެނި ކްލަސްޓާއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޝީ ބިލްޑިންގައި ބޭއްވި މި ޕާޓީގައި ގާތްގަނޑަކަށް 120 މީހުން ވަނީ ބައިވެރި ވެފައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު އެ ހަފްލާގައި ބައިވެރިވެފައި ވާއިރު، އެ ހަފްލާއިން ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރި، ޔޫކޭއިން ރާއްޖެ އައި މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެކަމަކު އޭނާ ރާއްޖެ އައިސްފައިވަނީ ކައިވެނި ހަފްލާ ބޭއްވިތާ ދެ ދުވަސް ފަހުންނެވެ. ޔޫކޭއިން އެނބުރި އައި މީހާ ބައްޔަށް ޓެސްޓު ކުރީ އޭނާގެ ފަރާތުން ވެސް ބަލީގެ އަލަމާތްތަކެއް ފެނުމުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިނގިރޭސިވިލާތުން އައި މީހާ ކޮވިޑުގެ އާ ސްޓްރެއިންއަށް ޓެސްޓު ކުރާނެ ކަމަށެވެ. އަދި އެކަމުގެ މަރުހަލާތައް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވެފައި ވެއެވެ. އެޗްއީއޯސީއިން ބުނެފައިވަނީ ޕާޓީގެ ތެރެއިން ކޮވިޑު ފެތުރިފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ޕާޓީގައި ބައިވެރިވުމުގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: