ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯދި ކުރިއެރުން ފަހަތަށް ސޮއްސާލުމަށް ޖާގަނުދީ: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އާރާސްތުވަމުން އަންނަ މި ދުވަސްވަރު، އެ ކުރިއެރުން ފަހަތަށް ދާނޭހެން އެއްވެސް ފަރާތަކުން އަމަލުތައް ނުބެހެއްޓުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ކޮވިޑް-19އާ އެކު އަޅާގައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް މިހާރު އަނެއްކާވެސް ބަލީގެ އާ ވައްތަރުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނި ބަލީގެ ނުރައްކާ ބޮޑުވަމުންދާ ހާލަތުގައި، ރާއްޖެއިން މިކަމަށް ނުހަނު ވިސްނަން ޖެހޭކަމަށް މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ބަރޯސާވެފައިވާ ގޮތުން ފަތުރުވެރިކަމަކީ އެންމެ މުހިންމު އެއްބައިވެރިޔާކަމަށްދެކި މިހާރު ލިބިފައިވާ ކުރިއެރުން ކުޑަކޮށްގެން ފަހަތަށް ސޮއްސާލައިގެން ނުދާނޭ ގޮތަކަށް ހުރިހާ ބޭފުޅުންގެ އަމަލުތައް ބެހެއްޓެވުމަށް މިނިސްޓަރު މައުސޫމް ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން 17 ރިސޯޓެއް ފިޔަވައި ދެން ހުރި ހުރިހާ ރިސޯޓެއް މިމަސް ނިމުމުގެ ކުރިން އަލުން އޮޕަރޭޝަންއަށް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: