ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

149 ކިލޯ ޑްރަގްސްގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން މައްސަލަ މަޖިލީހަށް!

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހުޅުވާރުލުގައި 149 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައިގެ ދައުވާތައް ކޯޓުން ބޭރު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވާ ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލުމުން އެކަން ހިނގާފައިވާ ގޮތް ބެލުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ، މަފަންނު އިތުރު ދާްއިރާ މެމްމަބަރު އިމްތިޔާޒު ފަހުމީ އެވެ.

އިމްތިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ”މި އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައި“ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު ފަސްވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މި ތަކެތި ފުލުހުން 2019 ވަނަ އަހަރު އަތުލައިގެންފައި ވަނީ އެ ރަށުގައި ވަޅުލާފައި ހުއްޓަ އެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައިވަނީ ދައުވާކުރުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދައުވާ ކޮށްފައިވާކަމަށް ބުނެ އެވެ.

މީގެ ކުރިން މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ ކުރި އިރު، އިބްތިދާއީ މަރުހަލާގައި އިޖުރާއީ ނުކުތާއެއް ނަގާ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނުމުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. އަދި ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެއް ނުވެ އެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލުމުން އިސްތިއުނާފް ކުރުމާއި މެދު އަދިވެސް ޕީޖީން ގޮތެއް ނިންމަވާފައެއްނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: