ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނިއްޔާ ސްކޫލްގެ ކިޔަވައިދިނުމަށް ބުރުލެއް ނާރާނެ: އެޑިޔުކޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ޕޮޒިޓިވްވިކަމުގައިވިޔަސް، އެސްކޫލް ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޕޮޒިޓިވްވި ޓީޗަރުގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަކަމަށެވެ. އެހެންނަމަވެސް، އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު އެއްވެސް ދަރިވަރަކާއި ކޮންޓެކްޓް ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސްކޫލްގެ ކިޔަވައިދިނުމަށް އެއްވެސް ބަދަލެއް އަންނާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މީޑިޔާ އޮފިޝަލް ވިދާޅުވީ، ސްކޫލްގެ ކިޔަވައިދިނުން ކުރިއެކޭ އެއްގޮތަށް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ކިޔަވައދިނުމަށް ބަދަލެއް ގެނައުމަށް ނުވަތަ މެދުކަނޑާލުމަށްވެސް ނިންމާފައިނުވާކަމަށާއި ކޮވިޑްގެ ހާލަތު މިއަށްވުރެ ގޯސްކޮށް އޮތްއިތްރުގައިވެސް ދަރިވަރުންނަށް ކިޔަވައިދެމުންދިޔަކަން ފާހަގަކުރެއްވިއެވެ.

ސްކޫލްތައް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދިޔައިރު، ސްކޫލްތަކަކީ ދަރިވަރުންނަށާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ވާނެކަމުގެ ޔަގީންކަން އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ ދެއްވާފައެވެ. އެގޮތުން ސްކޫލްތަކަށް ދަރިވަރުން ވަންނައިރު، ދަރިވަރުންގެ ހުން ނުވަތަ ރޯގާގެ އަލާމާތްތައް ހުރިކަން ނުވަތަ ނެތްކަން ސްކޫލްތަކުން ކަށަވަރުކުރެއެވެ. އަދި ދަރިވަރުންގެ މެދުގައި ގައިދުރުކަން ދެމެހެއްޓުމަށްވެސް ސްކޫލްތަކުން ވަނީ ފިޔަވަޅުތައް އަޅާފައެވެ.

މީގެ އިތުރުން ސްކޫލްތެރޭގައި ދަރިވަރުން މާސްކް އަޅަން ޖެހޭއިރު ދަރިވަރުން ގޮވައިގެން ސްކޫލްދޮށަށް ދާ ބެލެނިވެރިންވެސް މާސްކް އެޅުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް އެޑިޔުކޭޝަނުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔަވައިދިނުން އަލުން ފަށާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އޮންލައިންކޮށް ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްފަހުއެވެ. އޮންލައިންކޮށް ކިޔަވައިދިނުމުގެ ބަދަލުގައި ސްކޫލްތަކަށް ދަރިވަރުން ގެންގޮސް ކިޔަވައިދޭން ފެށުމުގައި ގިނަ ސަބަބުތަކެއްވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

އެގޮތުން، ހަމައެކަނި މަންހަޖުގެ ދެލިގަނޑު ކިޔަވައިދިނުމުގެ ބަދަލުގައި، ސްކޫލް މާހައުލުގައި ހިންގޭ ހަރަކާތްތަކުން ދަސްވާ ކަންކަން ކުއްޖާއަށް ދަސްކުރުމަށް ފުރުސަތު ދިނުމާއި ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަދި ސިކުނޑި ތަރައްގީވުމަށް ސްކޫލް މާހައުލު ވަރަށް ބޮޑަށް އެހީތެރިވާކަމަށް އެޑިޔުކޭޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އޮންލައިންކޮށް ކިޔަވަން ފެށުމާއެކު ދަރިވަރުންވެސް ކިޔެވުން މަތިން ފޫހިވެފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް އެޑިޔުކޭޝަނުން ބުނެއެވެ.

ރާއްޖޭގެ އެއްވެސް ސްކޫލަކުން މިހާތަނަށް ކްލަސްޓާއެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، ގއ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެމުންދާ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެސްކޫލް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: