ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންތެޓިކް ޓްރެކާއި އެކު، ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭނެ: މަހްލޫފް

ޓްރެކު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެނި ސިންތެޓިކް ޓްރެކާއި އެކު، ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭނެކަމުގެ ޔަގީންކަން އެތްލެޓިކްސް އެސޯސިއޭޝަނުން ދީފައިވާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެކުވެނި ޓްރެކުގެ މަރާމާތަށް ފަހު، އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ދާއިރާ ކުރިއަރުވާ، ހުނަރުތައް އިތުރަށް ތަރައްގީ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް މަހުލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއަރުވާނީ އެއްވެސް ސިޔާސީ ބަހުސްތަކެއް ނެތި ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ އެއްވެސް ވާހަކަތަކެއް ނުވަންނާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެކުވެނި ސިންތެޓިކް ޓްރެކް ވެގެންދާނީ، ހާއްސަކޮށް ކުޅިވަރުގެ ދާއިރާއަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާ މަހުލޫފް ވަނީ، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާތަކަށް ހާއްސަކޮށް އެ ސަރަހައްދުގައި ގާއިމް ކުރުމަށް ހަމެޖެހިފައިވާ ބައެއް ކޯޓުތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން ޓްރެކު ސަރަހައްދާއި ޖެހިގެން ހަދާ، ސްވިމިން ޕޫލްގެ ކުރެހުންތައް ފެށިގެން ކުރިޔަށް ދާއިރު އަންނަ ހަފްތާގެ ތެރޭގައި ރައީސް ސޯލިހަށް އެކަމުގެ ތަފްސީލުތައް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުރާ، އިންޓަނޭޝަނަލް ނެޓްބޯޅަ ކޯޓުގެ މަސައްކަތް އަމަލީ ސިފައެއްގައި ވަރަށް އަވަހަށް ފެށޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، ނެޓް ބޯޅަ ކޯޓާއި ޖެހިގެން، ވޯލީ ކޯޓެއް ވެސް ތަރައްގީ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ދެ ފުޓު ބޯޅަ ދަނޑާއި، ޓެނިހަށް ހާއްސަކޮށް ބިންތަކެއް ކަނޑައަޅާ އެކަމުގެ މަސައްކަތް ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ފަށާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

“ހަމައެކަނި މިދެ ސަރަހައްދަށް ބަލާލިޔަސް، ރައްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ.” މަހުލޫފް

މަހުލޫފް ވިދާޅުވީ، އޭނާ ވަޒީރުކަމުން ވަކި ވާ ދުވަހަކު ވެސް އެންމެ ފަހުރުވެރިވާނެ އެއް މަސައްކަތަކީ ޓްރެކުގެ މަސައްކަތް ކަމަށެވެ. މިއީ ކުޅިވަރު ކުރިއަރުވަން އެއް އާއިލާއެއްގެ ގޮތުގައި ކުރަމުންދާ މަސައްކަތުގެ ނަތީޖާގެ ގޮތުގައި މަހުލޫފް ފާހަގަ ކުރައްވާފައި ވެއެވެ.

އެކުވެނި ޓްރެކްގައި އަޅާފައިވަނީ 9،000 މީޓަރަށްވުރެ ބޮޑު ސިންތެޓިކް ޓްރެކްއެކެވެ. މީގެ ކުރިން ޓްރެކަށް ބޭނުންވާ ބައެއް މުހިންމު ވަސީލަތައް ނެތުމުގެ ސަބަބުން، މުބާރާތްތައް ބޭއްވުމުގައި ދަތިތަކެއް ދިމާވިކަމަށް މަހުލޫފް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އަލަށް ހުޅުވި ޓްރެކާއި އެކު، އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި، ބޭއްވޭނެކަމުގެ ޔަގީންކަން އެތުލެޓިކްސް އެސޯސިއޭޝަނުން ދީފައިވާ. އެހެން ކަމުން އެ ފުރުސަތު ލިބުނުހާ އަވަހަކަށް އެފަދަ މުބާރާތައް ރާއްޖެއިން ހޯސްޓު ކުރާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: