އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސަލަންސީ ކެރަން ރޮސްލަރ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުންނެވެ.
މި ބައްދަލުވުން ކުރިޔައް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް އައްޝައިޚް އިލްޔާސް ޖަމާލްވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

