ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލަ މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިއަދު 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

