ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް!

އުމްރާގެ އަ:ިލަމް އަދާކުރުމުގައި ސަމާލުވާންޖެހޭ ހާއްސަ އުސޫލެއް ސައުދީން ވަނީ އެކުލަވާލާފައި/ ފޮޓޯ: އޭއެފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ހާލަތުގެ ތެރޭގައި، ރާއްޖެއިން ދިވެހިންނަށް އުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.

ކޮވިޑްގެ ހާއްސަ ހާލަތާއި ގުޅިގެން، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުރަސްތަކެއް އެޅުނުއިރު، ބޯޑަރު ބަންދު ކުރި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެއެވެ. އަދި އެހެން ބައެއް ގައުމުތަކުން ބޯޑަރުތައް ބަންދުކޮށްފައިވުމާއި ގުޅިގެން، ދިވެހިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ސައުދީގެ ސަރުކާރު އަދި އެ ގައުމުގެ ހާރިޖީ ވަޒީރާއި އެކު ވަނީ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

މަޝްވަރާތަކާއި ބެހޭ މައުލޫމާތުތަކާއި، އެ އުސޫލު ފޮރިން މިނިސްޓްރީއިން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. ސައުދީ އަރަބިއްޔާގެ ހެލްތް މިނިސްޓްރީން، އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުގައި، މި އަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އެތެރެވެވޭނީ އުމުރުން 18 އަހަރާއި، 50 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު:

• ޢުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކާއި އެއްގޮތަށް، މުޤައްދަޞް ދެ ޙަރަމުން ކުރެ ޙަރަމަށް ޢުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހެއްދުން. (ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް)
• ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނައްސި ޓެސްޓް ސެޓިފިކެޓެއް އޮތުން.
• ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުން.

ފޮރިން މިނިސްޓްރީއިން ބުނެފައި ވަނީ، އުމްރާގެ އަޅުކަން އަދާކުރަން ދާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލެއްގައި ތިން ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީއިން ވަނީ، ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް އެތެރެވާ ވަގުތުން ފެށިގެން ގައުމަށް އެނބުރި އަންނަންދެން ރައްކާތެރި ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: