ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓް އެލަވެންސަށް 21.6 މިލިއަށް ޑޮލަރު ދޭން ވޯލްޑް ބޭންކުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން  ސަރުކާރުން ދެމުން އަންނަ އިންކަމް ސަޕޯޓް އެލަވެންސަށް 21.6 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.

ވޯލްޑް ބޭންކުން އިތުރަށް ހަމަޖެހުނު ފައިސާއާ އެކު ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 34.4 މިލިއަން ޑޮލަރު ލިބުނީ އެވެ.

އޭގެ ތެރޭގައި، އައިޑީއޭ އިން ދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ހިމެނެ އެވެ.

އިންކަމް ސަޕޯޓް އެލެވަންސްގެ ގޮތުަގއި ސަރުކާރުން ދެމުން އަންނަނީ 5000 ރުފިޔާ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު އިތުރު ފައިސާއާއެކު ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ހަރަދުތައް ފޫބެއްދުމަށް ބޭނުންވާވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ދެކޭކަމަށެެެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: