ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓްގެ ގޮތުގައި 143.8 މިލިއަން ދޫކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހައްޤު މިންވަރު ނުލިބޭ ކަމަށް ގިނަ މުވަޒަފުން ބުނޭ --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 143.8 މިލިއަން ރުފިޔާ ދީފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 26 ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި  143.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ 11،814 މީހުނަށެވެ.

އެލަވެންސް ދިނުމުގެ ދެވަނަ ބުރެއް މިހާރު ފަށާފައިވާއިރު ދެވަނަ ބުރުގައި މި އެލަވެންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހާއި، އޯގަސްޓް މަހާއި އަދި ސެޕްޓެމްބަރ މަހަށެވެ.

އެގޮތުން އެ އުސޫލުގައިވާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: