ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ ހޮޓާ ހިންގަން އިތުރު ބަޔަކު ޝައުގުވެރިވެތޯ ބަލަނީ

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކޮށްފައިވާ 250 އެނދުގެ ފަސް ތަރީގެ ހޮޓާ -- ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތްކޮށްފައިވާ ފަސް ތަރީގެ ހޮޓާ ހިންގަން އިތުރު ބަޔަކު ޝައުގުވެރިވޭތޯ ބެލުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، އެ ހޮޓާ ހިންގާނެ ބަޔަކު އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައަޅާފައިވީނަމަވެސް، މި ފުރުސަތު ދޭން ނިންމީ މި ހޮޓާ ހިންގަން ބޭނުންވާ އިތުރު ފަރާތެއް ހުރިނަމަ، އެ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިންވެސްޓްމަންޓް ގައިޑްލައިނާ އެއްގޮތަށް، ފެބްރުއަރީ 9 ވަނަ ދުވަހުގެ 15:30 ގެ ކުރިން އެ އީއޯއައި ހުށައެޅުމަށް އެ ކުންފުނީގެ އިއުލާނުގައި ވެއެވެ. މި ހޯޓާ ވިއްކުމުގެ މުއާމަލާތުގެ ތެރެއަށް އެޗްޑީސީން ވަދެފައިވަނީ އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މި ހޮޓަލަކީ އެސްޓީއޯއިން 2011 ވަނަ އަހަރުގެ ތެރޭގައި، ރެޑިސަން ބްލޫ ހޮޓެލްސްއާ ގުޅިގެން ތަރައްގީކުރަން ފެށި ހޮޓަލެކެވެ. އަދި އެ އިމާރާތުގެ އޮނިގަނޑާއި ކޮންކްރީޓް މަސައްކަތްތައް އެއްކޮށްހެން ނިމިފައިވާއިރު، މި ހޮޓާ ވިއްކާލަން އެސްޓީއޯއިން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި ހޮޓަލުގެ މަސައްކަތް އެސްޓީއޯއިން ހުއްޓާލީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ އެންގެވުމަކަށް، 2014 ވަނަ އަހަރުއެވެ. އަދި އެފަހުން މި ހޯޓާ ވިއްކާލަން އެތައް ފަހަރެއްގެ މަތިން އެސްޓީއޯއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: