ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން ގައުމީ ކުތުބުހާނާ ވަގުތީ ގޮތުން ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ކޭސްތައް އިތުރުވާތީ ޤައުމީ ކުތުބުހާނާ އަނެއްކާވެސް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ޤައުމީ ކުތުބުހާނާއިން ބުނެފައިވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިއަދުން ފެށިގެން ޤައުމީ ކުތުބުހާނާގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި ހިދުމަތްތައް ދޭންފަށާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އޮންލައިންކޮށްދެމުން ގެންދިޔަ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ފެތުރެންފެށި އިރު ކުތުބާހާނާ ބަންދުކޮށްފައި ބެހެއްޓުމަށްފަހު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމަށްފަހު އަނެއްކާވެސް އަދަދުތައް ވަނީ މަތިވާންފަށާފައެވެ. އެގޮތުން ޕޮޒިޓިވްވާ އަދަދުތައް މިހާރު 100 އިން މަތީގައި އުޅޭއިރު، އިއްޔެ ވަނީ މި ބައްޔަށް ޖުމުލަ 215 މީހުން ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: