މިއަދުވެސް މާލޭގައި މާރާމާރީއެއް ހިންގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 530 ހާއިރު ފުހުންނަށް ލިބުނު ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއަދު މާލޭގައި މާރާމާރީއެއް ހިންގާފައިވާއިރު، މާލޭގައި ދާދިފަހުން ވެސް މާރާމާރީތަކެއް ހިންގައި ބަޔަކު ވަނީ ޒަހަމްކޮށްލާފައެވެ.

