ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު 192ކަށް އަރައިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގޮތުން މާލޭ ސަރަޙައްދުގައި154 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މީހުން ދިރިއުޅޭ ރަށް ރަށުގައި އެގާރަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރިިސޯޓުތަކުން 27 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު އަތޮޅުތަކުގައިވެސް މި ބަލި ދަނީ އިތުރަށް ފެތުރެމުންނެވެ.
✳️ COVID-19 : Case Updates
As of 09.02.2021, 06:00 PM
Malé area: 154
Inhabited islands: 11
Operational Resorts: 27
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial islands: 0Total number of cases: 192 pic.twitter.com/kdgexR5jv2
— Health Protection Agency (@HPA_MV) February 9, 2021
މިހާތަނަށް 17101 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި56 މީހަކު ވަނީ ނިޔާވެފައެވެ. އަދި 14822 މީހުން ވަނީ ބަލިން ޝިފާލިބިފައެެވެ. މިހާތަނަށް ހަތަރުލައްކަ ސާޅިސް ހާހަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. މިވަގުތު ހޮސޕިޓަލުގައި 202 މީހުނަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވެ ރަނގަޅު ނުވާ 2216 މީހުން އެބަތިއްބެވެ.

