ހިޔާ” މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފެއްދެވި “ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ” އަތަށް ގޮވައިފިއެވެ.
ފްލެޓް ދޫކޮށްފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ، ބެލުމަށްފަހު ފުލެޓް ކޮމިޓީން އާންމުކުރި ލިސްޓުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުުރިކަން ގިނަ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ނުގުޅާ ކަމަށް ބުނެވެސް ޝަކުވާ ކުރަމުންނެވެ.
މިފަހަރުގައި މިއޮތީ އެހެން މައްސަލައެކެވެ. ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަކޮށް ދޫކުރި ފުލެޓަށް ރ.އުނގޫފާރު ހާރޓް އަހްމަދު ރީހާން ޝަރުތު ހަމަ ނުވާކަމަށް ބަޔާންކޮށް އޭނާ ޑިސްކޮލިފައިވާ ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ، “ފޯމް ހުށަހެޅި ފަރާތަކީ ފޯމް ހުށަހެޅި އިރު ކައިވެނިކޮށްގެން އުޅޭ ފަރާތަކަށް ނުވާތީވެ، މި ކެޓަގަރީގެ ޝަރުތު ފުރިހަމަ ނުވޭ” މިހެންނެވެ.
އަދި އޭނާގެ މަންމަ ނ.ވެލިދޫ ނަޒީރާ އިބްރާހިމް މަނިކު އެކަނިވެރިމައިންގެ ލިސްޓަށް ޝަރުތު ހަމަނުވާކަމަށް ނިންމައި ބަޔާންކޮށްފައިވަނީ ” ފޯމް ހުށަހެޅި ފަރާތުގެ ދަރިއަކީ25 އަހަރުން މަތީގެ، އާމްދަނީ ލިބޭ ކައިވެނިކޮށްގެން އުޅޭ މީހެއް. ފޯމު ހުށަހެޅި ފަރާތަކީ އެކަނިވެރި މައެއް ނަމަވެސް އުފަން ދަރިއެއް/ދަރީން ބަލަމުންދާ ފަރާތެއް ނޫން” ކަމަށެވެ.
މި ދެ މައްސަލައަށް ބަލާއިރު، ރީޚާނަށް ފުލެޓް ނުލިބުނީ އޭނާ މީހަކާ ކައިވެނިކޮށްގެން ނޫޅޭތީ ކަމަށެވެ. އަދި އޭނާގެ މަންމަ އަށް ފުލެޓް ނުލިބެނީ ރީޚާން މީހަކާއި އިނދެގެން އުޅޭތީއެވެ.
މިކަމާއި ގުޅިގެން ސަންގަށް މައުލޫމާތު ދެމުން ރީހާން ބުނީ އޭނާ ކައިވެނިކޮށްގެން އުޅޭތާ ހަތް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ މީހަކާ އިނދެގެން ނޫޅޭ ކަމަށް ފުލެޓް ކޮމިޓީން ނިންމީ ކޮންހަމައަކުން ކޮން އުސޫލަކުންކަން ނޭނގޭ ކަމަށެވެ.
އަދި މިކަން ރައީސް ޞާލިހާއި ހައުސިން މިނިސްޓަރުގެ ސަމާލުކަމަށް ގެންނަން ބޭނުންކަމަށާއި، އަސާސީ ޙައްގެއް މިގޮތަށް ނިގުޅައިގަނެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
6 Responses
ތިވަރަށް ފާޑެއްގެ ކަމެއް ފޯމުތައް ހުށަ އަޅާއިރު ކައިވެނީގެ ސެޓިފިކެޓު ނުލާކަމަށް ވަންޏާ ނުބަލާނެ ކައިވެނި ކޮށްގެން އުޅޭކަމަކަށް
ޔާމީން ވެރިކަމުގައި ދިރިއުޅުމުގެ ހާލަތު ބަލާފަ ލިބުނު 30 ޕޮއިންޓް ، އެކަމަކު މިސަރުކާރުއައިސް ބަދަލުގެނެސް ދިނި14 ، ކޮވިޑް ހާލަތާއި ގުޅިގެން ތޯ މިހެންވީ ، ނޫނީ އައިސީޔޫއަށް ފެމެލީ ލާންވީތޯ
އޮއްޓަރެއްނެއް ހަބަރެއް. ބުނެދޭން އުޅެނީ ކޯއްޗެއްކަނެއްނޭގެ
ބަލަގަ ހުށަހަޅާ ލިއެކިއުންތަކުން ދައްކާ ނަތީޖާއަށް ބަލާފަ ނިންމަނީ، ޝަރުތު ފުރިހަމަ ނުވާނަމަ އެހިސާބުން ނިމުނީ، ޝަރުތު ފުރިހަމަ ވާނަމަ އިތުރަށް މައުލޫމާތު ސާފުކުރާނެ، މިހަބަރު ލިއުނު މީހެއްގެ ހުރިހާތަނަކަށް ތިއޮތީ ގޮވާފަ
އެކަނިވެރި މައިން ކިޔާ ކެޓެގަރީގެ ބޭނުމަކީ އެކަނިމައި އެކަނި ކުދިން ބޮޑުކުރަމުން އަންނަ ބޭފުޅުންނަށް އެހީވުން. އެބޭފުޅުންނަކީ ލިބޭ އެއް އާމްދަނީ އިން ކުލި ދައްކަމުން ދަރިންނަށްވެސް ޚަރަދުކޮށްފައި ދަރިން ބޮޑުކުރުމުގެ މަސްޢޫލިއްޔަތުވެސް އަދާކުރާ ބޭފުޅުން. ކަން މިހެން އޮތުމާއެކުވެސް ބޮޑެތި ވެފައި ހުންނަ ދަރީން ތިބި ބޭފުޅުން މި ކެޓަގަރީއިން ކުރިމަތިލާ މައްސަަލަ ޖެއްސުމަކީ ދެރަ ކަންކަން.
25 އަހަރުގެ ދަރިއެއް ބަލކަށް ނުޖެހޭނެދޯ… ދެނ ކިހިނެއް އެކަނިވެރި މަޔަކަށް ވާނީ