ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރީ ރަނގަޅަކަށް ނޫން: ޕީޖީ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް—
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އަލީ ވަހީދުގެ ޕާސްޓޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމާއެކު އޭނާ ފުރައިގެން ގޮސްފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ޕީޖީ އަށް އަދި ކޯޓަށް ވަނީ އަމާޒު ވެފަ އެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އަމުރުތައް ނެރުމުގައި ކްރިމިނަލް ކޯޓުން އާދަވެ އަމަލުކުރާ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން މަސައްކަތް ކުރާއިރު އަލީގެ ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކޭ ކަމަށެވެ. އެކަމަކު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އެ ނިންމެވުން އިސްތިއުނާފު ކުރުމާމެދުމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައިވާކަމަށް މައުލޫމާތު އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މައްސަލައިގެ އެންމެ ފަހުގެ ޝަރީއަތުގައި، ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒް ކުރާ ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޕީޖީގެ މި ނިންމުމަކީ އަލީ ވަހީދު ރާއްޖެއިން ފުރާ ހިސާބުން ފެށިގެން އޭނާގެ މައްޗަށް އެ އަމުރު ތަންފީޒު ނުކުރެވޭނެތީ، އަދި މީހަކު ޖާމިނު ކުރިކަމުގައި ވީނަމަވެސް އަލީ ވަހީދުގެ ޖާމިނު ޒިންމާ ކުރެވޭނެ ކަމާމެދު ޔަގީން ކަމެއް ނެތުމުން ކަމަށް ޕީޖީން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އަލީ ވަހީދަކީ މީގެ ކުރިންވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސް އެޅޭނެހެން ފުރައިގެން ދިއުމަށްފަހު، އެނބުރި ނައިސް ހުރި މީހެއް ކަމަށާއި، ޕާސްޕޯޓު ދޫކޮށްފިނަމަ، ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް، ހެކި ނައްތާލާ، މައްސަލައިގެ ޝަރީޢަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުސަތު އަލީ ވަހީދަށް އޮތް ކަން ދައުލަތުން ޝަރީއަތުގައި ފާހަގަ ކުރި ކަމަށް ޕީޖީން ބުނެފައިވެއެވެ.

ޕީޖީން ބުނީ ޝަރީޢަތުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމާފައިވަނީ، އޭނާއަކީ އެހެން ރިކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރުގެ ވާހަކަތަކަށް ބިނާކޮށް، މީހަކު ޖާމިނު ކުރުމަށް ފަހު ކަމަށެވެ. ޖާމިނު ކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލު ކުރުމަށް އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައިވާ ކަމަށް ޕީޖީން ފާހަގަ ކުރިއެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރި ލިޔުން ދައުލަތާއި ހިއްސާ ކުރުމަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް އެ ލިޔުންތައް ދައުލަތާ ހިއްސާކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އަލީ ވަހީދު ހުށަހެޅި މެޑިކަލް ރިކޯޑުތައްވެސް ދައުލަތުން އެދިފައިވީނަމަވެސް، މިހާތަނަށް ދައުލަތަށް ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ރާއްޖެ ނައިސްފި ނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: