ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

72 ކިލޯ މަސްތުވާތަކެތި އެތެރެ ކުރި ބަޔަކަށް ދައުވާ ކުރަން ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް 72 ކިލޯގެ މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ މައްޗައް ދައުވާކޮށްފިއެވެ.

ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަދުވަހުުއެވެ. މި ތަކެތި އަތުލައިގަތުމަށްފަހު މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންކަމަށްވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައިވާއިރު، ދެ ކާރާއި ލޯންޗަކާއި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހިމެނޭ 10 މީހުންގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓެރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މި 10 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް އިތުރު ދައުވާއެއްވެސް އުފުލާފައެވެ. އެ ތިން މީހުންގެ މައްޗަށް ދެން އުފުލާފައިވަނީ ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އެގޮތުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ 10 މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. މި ދައުވާ އުފުލާފައިވަނީ؛

  1. ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު
  2. ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް
  3. ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިސާމް
  4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު
  5. ކ. މާލެ، ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކުރަމް
  6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފް
  7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން
  8. ރ. ރަސްގެތީމު، ފީރޯޒްގެ، އަހުމަދު ޝިނާން
  9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުހައްމަދު ވަޖީހު، އަދި
  10. ކ މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު އެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ތިން މީހެއްގެ މައްޗަށް އުފުލާފައިވެއެވެ. މި ދައުވާ އުފުލާފައިވަނީ ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަހުމަދު ނަސީރު، ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކުރަމް އަދި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޝަރީފްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: