ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ދެވަނަ ލިންކް ރޯޑަކާއި އިތުރު މަގުތައް ހެދުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގައި ދެވަނަ ލިންކް ރޯޑަކާއި އަދި އިތުރު މަގުތައް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 1.19 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އައްޑޫ މަގުހެދުމަށް ފައިސާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި މަސައްކަތް ޙަވާލުވި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.

730 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމާ ގޮތަށް އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ މި މަޝްރޫއު ހަވާލުކޮށްފައިވާއިރު، އައްޑޫ ފޭދޫ ފިޔަވާ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫގައި ޖުމްލަ 40 ކިލޯ މީޓަރުގެ މަގު ތާރު އަޅާއިގެން ހެދުމަށް ހަމަޖެހިފައިވާއިރު، ތާރު އެޅައިގެން ތަރައްްޤީކުރާ މަގުތަކުގެ އިތުރުން 60 ކިލޯމީޓަރުގެމަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަރައްޤީކުރާ މަގުތަކުގައި މަގުބައްތި ޖެހުމާއި، ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ޓްރެފިކް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައްވެސް ޤާއިމްކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: