ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުންދަނިކޮށް އިއްޔެ މަރުވި މީހާގެ ހަށިގަނޑު މާލެ ގެންނަން ނިންމައިފިއެވެ.
ފުލުހުން ބުނީ ހަނިމާދޫ ރީހެބުގައި ހުރި މީހަކު މަރުވި މައްސަލައަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ތަހުގީގު ޓީމެއް މިހާރު އެ ރަށަށްދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މަރުވެފައިވަނީ ފަރުވަ އަށް އެ ސެންޓަރަށް ގޮސް ކަރަންޓީނުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އިތުރަށް ހަދަންޖެހޭ ތަހުލީލުތައް ހަދައި ބަލަންޖެހޭ ބެލުންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

