ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީން ނުވެ ކެމްޕޭން ދަތުރު ކުރެވޭ އުސޫލެއް ކަނޑައަޅައިފި

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފޮޓޯ: ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު ވަނީ ގެޒެޓްގައިލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު ޝާއިއު ކޮށްފައެެވެ.

އެ އުސޫލުގައ ބުނެފައިވަނީ  ތާއިދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރަން ވާނީ އެ އޭޖެންސީން އެކަމަށް ހާއްސަކޮށް ކަނޑައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެޗްޕީއޭ އިން މިރޭ އުސޫލަށް ގެނައި ބަދަލުގައި ބުނެފައި ވަނީ ކެމްޕޭން ކުރަން ރަށްރަށަށް ދަތުރު ކުރަން ޖެހޭ މީހުން އަމަލު ކުރަން ޖެހޭ ގައިޑްލައިނާއި ހިލާފަށް މީހަކު އަމަލުކޮށްފިނަމަ އެފަރާތެއް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެކަމަށެވެ.

މި އުސޫލުގައި އިތުރަށް ބުނެފައިވަނީ މި އުސޫލުތަކަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި މި އުސޫލް ޝާއިއު ކުރާ އިރުންފެށިގެންކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: