ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭއަށް ކުރަމުންދިޔަ އިތުބާރު ގެއްލުވާލީ އަމިއްލައަށް!

ކޮވިޑުގެ ތެރޭގައި ގިނަ އަދަދެއްގެ އާއްމުން ވަނީ، ކަރަންޓީނު ފުރިހަމަކުރާ ގޮތަށް ރަށްތަކަށް ބަދަލުވެފައި/
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބައްޔާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދިޔަ މަސައްކަތްތަކާއި އެކު، އާއްމު ރައްޔިތުން އެންމެ ބޮޑަށް އިތުބާރު ކުރި އިދާރާއަކަށް ވެގެންދާނީ ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއާއި ބައްޔާއި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމަށް އުފެއްދި އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެވެ. ދިވެހި ކޮންމެ ރައްޔިތަކު ވެސް އެޗްޕީއޭއަށް އިތުބާރުކޮށް، އެ އޮތޯރިޓީން ދެމުންދިޔަ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނެވެ. އަދި އެންގުންތަކަށް ފުރިހަމައަށް ބޯލެނބިއެވެ.

ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެއްވެސް ވަރަކަށް ދިވެހިންނާއި ބިދޭސީންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެފައި ނުވެއެވެ. ބަލީގެ އެންމެ ވަލަނަރަބަލް މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ ތަފާތު އެކި އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި ކިރިޔާ ވެސް ބައްޔަށް ހުށަހެޅިފައިވާ މީހެއް ނަމަ އެ މީހަކަށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާނެގޮތުގެ އިރުޝާދުތައް ދިނެވެ. ރާއްޖޭގައި އުޅެމުންދިޔަ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެންކަމުގައި ދެކި، ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީއެކޭ ދިވެއްސެކޭ ތަފާތުކުރުމެއްނެތި ހަމަހަމަކާއެކު ކޮވިޑާއި ގުޅިގެން ދިމާވި ހުރިހާ ކަމެއްގައި އެންމެންނަށް އެހީތެރިވަމުންދިޔައެވެ.

ގިނަ ބައެއްގެ އިތުބާރާއި ލޯބި އެޗްޕީއޭއާއި އެޗްއީއޯސީއިން ހޯދިއެވެ. ކޮވިޑްގެ ކަންކަން މެނޭޖްކުރުމުގައި މުހިންމު، ބުރަ މަސައްކަތްތަކެއް ކުރިކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ބަލި ކޮންޓްރޯލްކުރުމާއި މެނޭޖްކުރުމުގެ އިތުރަށް ބައްޔާއިއެކު ދެން ފެންމަތިވި އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގައިވެސް މުހިންމު ދައުރެއް އެޗްޕީއޭއިން އަދާކުރިއެވެ.

އާމްދަނީއަށް ނުރަނގަޅު އަސަރުކޮށް، ވަޒީފާ ގެއްލުނު މީހުންނާއި ދިރިއުޅެމުން ދިޔަ ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު މާލީ ގޮތުން ގެއްލުންވި މީހުންނަށް ސަރުކާރާއި ފިނޭންސް އަަދި އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އެކި އެހީ ފޯރުކޮށްދީފައިވެއެވެ.

އެހެން ނަމަވެސް، އެއީ ކޮވިޑުގެ ފުރަތަމަ ދުވަސްކޮޅުގެ ވާހަކައެވެ. މިހާރު މަންޒަރު އެއްކޮށް ބަދަލުވެ އާންމު ރައްޔިތުން ކޮވިޑާއި މެދު ދެކޭ ކަމާއި ބެހޭ އިދާރާތްތަކާއި މެދު ދެކޭ ގޮތް ވަނީ ތަފާތުވެފައެވެ. އޭރު ރައްޔިތުން އެޗްޕީއޭއަށާއި ޓެކްނިކަލް ޓީމަށް ކުރަމުންދިޔަ އިތުބާރު ގެއްލިގެންދިޔައީ އެޗްޕީއޭއިން އަމިއްލައަށް ހެދި ގޯސްތަކުގެ ސަބަބުންކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

2020 ވަނަ އަހަރު ނިމުނުއިރު ރާއްޖޭން ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑުތަނުން ދަށްވިއެވެ. ހާއްސަކޮށް މާލޭގެ ސަރަހައްދުން 10-15 ކޭސްއާއި ދެމެދަށް ވެއްޓުނެވެ. ނަމަވެސް، އެއާއި އެކު އެކުލަވާލި އިތުރު އާ އުސޫލުތަކާއި ލުއިތަކާއި އެކު، ތަން ބޮއްސުންލައިގެން ދިޔައެވެ.

ރާއްޖޭން ބޭރުގައި އުޅުމަށްފަހު މާލެއަށް އަންނަ މީހަކު ކަރަންޓީނުވުމެއް ނެތި، އާއްމުންގެ ތެރޭގައި އުޅުނެވެ. އެހެން ނަމަވެސް އާ ވޭރިއަންޓުގެ ބިރާއި އާއްމުންގެ ފާޑުކިއުންތަކާއި އެކު، އެ އުސޫލު ފަހުން ބާތިލު ކުރިއެވެ. އަދި ވަރަށް ފަހަކާއި ޖެހެންދެން ވެސް ދުބާއީގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އަންނަ މީހުން ކަރަންޓީނުވުމަކާއި ނުލާ މާލޭގެ މަގުތައް މަތީ އުޅުނެވެ.

ރައްޔިތުންގެ ގިނަ ފާޑު ކިޔުންތަކެއް މިކަމަށް އަމާޒުވެ، އެކަން އެގޮތަށް ބަދަލުކުރީ ސަރުކާރުގެ އިސްވެރިންނާއި، މުއްސަނދިން ބޭރު ގައުމުތަކަށް ދިޔުމަށްފަހު އެނބުރި އައިސް ކަރަންޓީނުވާން ނުޖެހޭގޮތަށް ހެދުމަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެއީ އެޗްޕީއޭގެ މިނިވަންކަމާއިމެދު ސުވާލު އުފެދެން ފެށި ހިސާބެވެ. އެޗްޕީއޭއިން އަޅަމުންދިޔަ ފިޔަވަޅުތަކުގައި ހަރުދަނާކަމެއް ނެތްކަން އޭގެ ކުރިން ވެސް ގިނަ ބަޔަކު ފާހަގަކުރަމުންދިޔައެވެ.

އެޗްޕީއޭއަކީ “ސިޔާސީ ޓޫލް” އެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެޗްޕީއޭއިން އެކުލަވާލާ އުސޫލުތަކަކީ ވަކި ބައެއްގެ މަންފާއަކަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ގިނަ އާންމުން ދެކެއެވެ. ހާއްސަކޮށް ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މެދު އަމަލުކުރެވެމުންދާ އުސޫލަކީ ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުން އިތުރަށް ނިކަމެތިވެގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެެވެ.

އެތައް މަސްތަކެއް ވެގެންދިޔައިރު، “އޮފް ޑޭ” ގައި ރަށަށް ދެވޭނެ ގޮތެއް، ޗުއްޓީއިން ބޭރުން ކަރަންޓީނު ފުރިހަމަކުރެވޭނެ އުސޫލެއް ގާއިމްކޮށްދެވިަފއެއް ނެތެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ ޕްރެޝަރާއިއެކު ކަރަންޓީނުވުމެއް ނެތި  ކެމްޕެއިންކުރުމަށް ރަށްތަކަށް ދެވޭނެ އުސޫލު އެކުލަވާލީ އެކަމުގެ އިޝާރާތެއްވެސް ކޮށްލުމެއް ނެތިއެވެ. އެހެންނަމަވެސް، ދިވެހި ރައްޔިތުންގެ ފާޑުކިޔުންތަކާއެކު އެއުސޫލު އުވާލުމަށް 24 ގަޑިއިރުވެސް ނުނެގިއެވެ. ރަށްތަކުގެ ރައްޔިތުން ތިބީ ކަރަންޓީނުނުވެ ކެމްޕެއިން ކުރާ ގޮތަށް އަތުވެއްޖެނަމަ، މުޒާހަރާކޮށްގެންވެސް އެކަން ހުއްޓުވާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: