ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ޖަމްޕު ޖަހާއިރު އަނގަވަތަށް ޖެހުނަސް ފަހަތަކަށް ނުޖެހޭނަން – މިނިސްޓަރ ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ތަރައްޤީ ކުރުމަށް ”ހައި ޖަމްޕެއް“ ޖަހާއިރު އަނގަވަތަށް ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އައްޑޫ އަށް ހައި ޖަމްޕެއް ޖެހޭތޯ ކަމަށާއި މާލެ ނެގުމަށްފަހު ދެން އެންމެ ބޮޑަށް ތަރައްގީ ވެފައި އޮތީ އައްޑޫ ކަމަށްވާއިރު އެންމެ ބޮޑު ބަދަލެއް އެންމެ އަވަހަށް ގެނެވޭނެ ތަނަކަށް އޮތީ އައްޑޫ ކަމަށް އޭނާ ވިދާޅުވުމުން އޮންލައިން ވެބްސައިޓެއްގައި އޮތް ލިޔުމަކަށް އިޝާރާތްކޮށެވެ.

ފައްޔާޒު ވިދާޅުވީ ލެޑިދާނެ ކަމަށް ފަހަތަށް ޖެހުމަކީ އޭނާ ދަންނަ ކަމެއް ނޫން ކަމަށާއި އޮބްޖެކްޓިކް ހާސިލުކުރުމަށް ރިސްކު ނަގަމުންދާނެ ކަމަށެވެ.

”ލެޑިވެސްދާނެ ފަހަރުގައި. ފޮޅާލާފައި ތެދުވެވިއްޖެއްޔާ އަނެއްކާވެސް ޖަމްޕަށް ޓްރައި ކުރާނަން“ ފައްޔާޒު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: