ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީގެ ހަމަނުޖެހުންތަކާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފި

މަޑުއްވަރީގައި ހަރުކަށި ވިސްނުން ފެތުރޭތާ އަހަރުތަކެއް، އެހެނަސް ފިޔަވަޅެއް ނޭޅި - ފޮޓޯ: މަޑުއްވަރީ އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.މަޑުއްވަރީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 10 މީހަކުހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މަޑުއްވަރީގައި ގުރޫޕަކުން ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ގޮވާލާ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރި އިހުތިޖާޖުކޮށްފައިވާއިރު ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ފުލުހުން ބުނީ އެ އިހުތިޖާޖުތަކައި ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ މުޅިންވެސް ދިވެހި ފިރިހެނުންކަމަށެވެ. އެ އެންމެންވެސް ހައްޔަރުކުރީ ކޯޓް ޢަމުރެއްގެ ދަށުންކަމަށާއި، އެމީހުން ހައްޔަރުކުރީ ހަމަނުޖެހުންހިންގާ، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި ގުޅިގެންކަމަށެވެ. އަދި ފުލުހުންނަށް ހަމަލާދިން މައްސަލަވެސް ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް ރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: