ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްލައްކަ ޑޯޒް ކޮވިޝީލްޑު ވެކްސިން ރާއްޖެ ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސީރަމް އިންސްޓިޓިއުޓު އިންޑިއާއިން ގަންނަން ސަރުކާރުން ނިންމި ތިން ލައްކަ ޑޯޒް ކޮވިޝީލްޑު ވެކްސިންގެ ތެރެއިން އެއްލައްކަ ޑޯޒް ވެކްސިން މިއަދު ރާއްޖެ ގެނެސްފިއެވެ.

ސީރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ އަދި ސީރަމް އިންސްޓިޓިއުޓް ލައިފް ސައިންސް އާއެކު ރާއްޖެއިން ވަނީ ކޮވިޑް ވެކްސިން ގަންނަން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ހިލޭ ވެކްސިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ހަދިޔާ ކުރީވެސް އިންޑިއާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: