ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަނުޖެހުން ހިންގާ، ވޯޓު ގުނަން ހުރަސް އެޅީ ޕީޕީއެމްއިން: އެމްޑީޕީ

ބާ ޖަމާލުއްދީނަށް ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެ ސަރަހައްދުގައި އިހުތިޖާޖު ކުރަނީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގެ 18 ވޯޓު ފޮއްޓެއް އަލުން ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް އިންތިހާބާއި ބެހޭ މަރުކަޒުގައި ހަމަނުޖެހުން އުފެއްދީ އިދިކޮޅު ޕީޕީއެމް، ޕީއެންސީންކަމަށް އެމްޑީޕީން ބުނެފި އެވެ.

ޝަކުވާ ހުށަހަޅާފައިވާ ބައެއް ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ވަގުތު އެ ސަރަހައްދަށް އެންމެ ފުރަތަމަ އެއްވީ އިދިކޮޅުންނެވެ. އަދި އެ އެއްވުން ހޫނުވީ، ކުއްލިގޮތަކަށް އެމްޑީޕީގެ އިސް ބޭފުޅުންތަކާއި އެކު ރައީސް ނަޝީދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމުންނެވެ.

އިދިކޮޅުގެ މެމްބަރުން ވަނީ، ރައީސް ނަޝީދު ވަޑައިގަތީ ހަމަނުޖެހުން އުފެއްދުމަށްކަމަށް ބުނެފަ އެވެ.

އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، ދެ ފަރާތުގެ ސަޕޯޓަރުން ވެސް އެއްވެ ބަހުގެ ހަމަލާތައް ރައްދު ކުރަން ފެށި ހިސާބުންނެވެ. އަދި ފުލުހުން ވަނީ، އެ ސަރަހައްދަށް އެއްވެފައިތިބި އާއްމުން ފަހަތަށް ޖައްސައި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައެވެ.

ހަމަނުޖެހުންތަކާއި ގުޅިގެން އެމްޑީޕީއާއި ރައީސް ނަޝީދަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އެމްޑީޕީން އާއްމު ކުރި ނޫސްބަޔާނެއްގައި ބުނީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަންގައި ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށެވެ. އަދި އެއީ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ކޮމިޝަންގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހުރަސް އެޅި ބޭފުޅުންނާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ.

 

އެމްޑީޕީން ވަނީ، ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެފުށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް ގޮވާލާފައެވެ.

ބަހުގެ ހަމަލާތައް ރައްދުވުމުން އެ ސަރަހައްދު ދޫކޮށް ވަޑައިގެން، ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އެތަނަށް ވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ ފޮށި ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ތެރެއަށް ވަދެ، 30 މިނެޓު ވީއިރުވެސް ނުނިކުންނެވުމުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އީސީގެ އޮފިޝަލުން ނޫން އެހެން މީހަކަށް، އީސީގެ އިދާރާއަށް ވަދެވިގެން ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: