ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތް: ލިސްޓު އާއްމުކޮށް، އޭގައި ނަން އޮތް މީހުން ވަކި ކުރަން ފާސްކޮށްފި

ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރާ ފަރާތްތަކުގެ ނަން ހިމެނޭ ލިސްޓް އާންމުކޮށް ހިޔާނާތުގެ ފައިސާ ލިބި ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ދުރުކުރުމަށް ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ހިޔާނާތުގެ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގެ ނަން ލިސްޓުކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ރޭގެ ވަގުތެއްގައި އާއްމުވެފައިވަނިކޮށް، މަޖިލީހުގެ ޖޮއިންޓް ކޮމިޓީން ކުރިޔަށް ގެންދިޔަ ކޮމިޓީގައި ލިސްޓު އާއްމުކުރުމަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ވޯޓާއި އެކު އެވެ.

މައްސަލައިގައި އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާއިރު ހިޔާނާތުގައި މިވަގުތު ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ބައިވެރިވުން އޮޮތުމުން އެކަމުގެ ފުރިހަމަ މައުލޫމާތު އާއްމުންނަށް އެނގެން ޖެހޭކަމަށް ރިޕޯޓުގައި ވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދާ ތަހުގީގު ރިޕޯޓުުގައި 281 މީހެއްގެ ނަން ހިމެނޭއިރު، ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އޭގައި ހިމެނެ އެވެ.

މައްސަލައިގައި، ކޮމިޓީން ނިންމާފައިވަނީ ތަހުގީގު ވީހާވެސް އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅުމަށެވެ. އަދި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ދައުލަތުގެ އިސް މަގާތަކުގައި ތިބި މީހުން ވަގުތުން ވަކި ކުރުމާއި އެކު އިންތިހާބީ މަގާމެއްގައި ހުރި މީހެއް ވަކި ކުރުމަށް ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ބޭނުންވާތީ އެ މައްސަލަ އަވަހަށް ދިރާސާކޮށްދޭން ކޮމިޓީން ފާސްކުރިއެވެ. އިންތިހާބީ މަގާމެއް ދެން ހުސްވާނީ، އެ ފަރާތަކުން އަމިއްލައިން އިސްތިއުފާ ދިނުމުންނެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 19%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަމިއްލަޔައް އިސްތިއުފާދިނުން އެއީ ދިވެހިންގެ ތެރެއިން 1% ނޫނީ ނުދަންނަކަމެއް! އެމީހުންނަ މަގާމުގައި ތިބެވިގެން ނުވާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: