ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް!

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް މާދަމާ ފުރާގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޭގަނޑު، ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަނިކޮށް، ގޯޅިގެ ތެރޭގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިޑީއެއް ގޮއްވާލައި ރައީސް ނަޝީދުގެ ފުރާނަ ދުއްވާލުމަށް ޓެރަރިޒަމްގެ އަމަލެއް ވަނީ ހިންގާފައެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް އަނިޔާތާކެއް ލިބި، ގިނަ ސާޖަރީތަކަށްފަހު އަދިވެސް ފަރުވާ ދެމުންދަނީ އޭޑީކޭގައެވެ.

ރައީސް ނަޝީދާއި އަރިސް ބޭފުޅަކު، “ސަންގު” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ނަޝީދު އިތުރު ފަރުވާއަށް ފުރާވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ނަމަވެސް އެ ގަޑި އަދި ސާފެއް ނޫން ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގެ ސަބަބުން، އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ އަދަދެއްގެ އަނިޔާތަކެއް ލިބި 16 ސާޖަރީއެއް ކުރަން ޖެހުނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އައިޑީއެއް ގޮއްވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ ތެރެއިން، ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް 15 ޖަހާފައިވެއެވެ. މި މީހުންނާއި ގުޅޭ ގިނަ މައުލޫމާތުތަކެއް މި ދެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މީޑިއާތަކާއި ހިއްސާކުރިއިރު، މިއީ މުޖްތަމައުގެ ތެރޭގައި މީހެއްގެ ފުރާނައެއް ދުއްވާލުމަށް ވެސް ފަހެއް ނުޖެހޭނެ މީހުންކަމަށް ފުލުހުން ބުންޏެވެ. އަދި މި މީހުންނަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް ނަމަވެސް، ރައީސް ނަޝީދަށް އަމާޒުކޮށް މިފަދަ ޓެރަރިޒަމް ހަމަލާއެއް ދިނުމުގެ ފަހަތުގައި ވާ މަގްސަދު އަދި ސާފެއް ނޫނެވެ. މިއީ ތަހުގީގު ކުރިޔަށް ދާ މައްސަލައެއްކަމުން އެ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. މި ހަމަލާގެ އިސްކޮށް ހުރި މީހެއްގެ ގޮތުގައި ފުލުހުން ތުހުމަތު ކުރަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އެވެ. އަދުހަމް އަކީ، އެ ހަމަލާ ދިން ވަގުތު އަތަމާ ޕެލެސްގައި ހުރެގެން ރިމޯޓް ކޮންޓްރޯލް މެދުވެރިކޮށް އައިއީޑީ ގޮއްވާލި މީހާ އެވެ. އައިއީޑީ ގޮއްވާލި ވަގުތު އޭނާގެ އަމަލުތައް ހުރި ގޮތުގެ ސީސީޓީވީ ފޮޓޭޖަކާއި އެކު، އެ ގޮއްވާލުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި އޭނާ އުޅުނު ސީސީޓީވީ ފުޓޭޖުގެ ޕްރެޒެންޓޭޝަނެެއް ފުލުހުން ދެއްކި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: