ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފި

މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާއްމު ކުރ ރިޕޯޓުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު، މީހުންގެ ލިސްޓު އާއްމުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދިރާސާ ކުރަމުންދާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން މި ލިސްޓު އާއްމުކުރީ މިއަދު އެވެ. މިއީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންނަތައް އެނގޭހެން، ރަސްމީކޮށް ލިސްޓެއް އާއްމު ކުރި ފުރަތަމަ ފަހަރެވެ.

ކޮމިޓީން އާއްމު ކުރި ރިޕޯޓުގައި ދައުލަތުގެ އިސް މަގާމުތަކުގައި މިވަގުތު ތިބި، 119 މީހެއްގެ ނަން އެބައޮތެވެ. ކޮމިޓީން ވަނީ، ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުން މަގާމުން ވަކި ކުރުމަށް ނިންމާފައެވެ. އަދި އިންތިހާބީ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކި ކުރެވޭނީ، ކޯޓުން ކުރާ ހުކުމެއް މެދުވެރިކޮށް ނުވަތަ އެ މީހަކު އަމިއްލައިން އިސްތިއުފާ ދިނުމުންކަމަށްވާތީ ކަމާއި ބެހޭ އިދާރާތްތަކަށް އެކަން ހުށަހެޅުމަށް ކޮމިޓީ ރިޕޯޓުގައި ވެއެވެ.

މީގެ ކުރިން ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަން، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ތަހުގީގު ކުރިޔަށްދާ ވަރަކުން ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ނަންތައް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭރު މީޑިއާތަކާއި ހަމާ ކުރީ، ލިސްޓުގައި 267 މީހެއްގެ ނަން ހިމެނޭ ކަމަށެވެ. އޭގެ ފަހުން ތަހުގީގުން މަޖިލީހާއި ހިއްސާކޮށް އާއްމު ކުރި ރިޕޯޓުގައި 280 މީހެއްގެ ނަން ހިމަނާފައި ވެއެވެ.

މި ލިސްޓުގައި ރޭ އާއްމުވި ލިސްޓުގައި ހިމެނުނު، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމްގެ ނަމާއި، އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަން ނެތެވެ.

މީގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ނަން ލިސްޓުގައި ހިމަނާފައިވާއިރު، އޭނާގެ ނަން އޮތީ ދައުވާ ކުރުމަށް ފޮނުވާ ހިސާބުގައިިކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: