ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރެކެޓްގައި ވަނަން ޖަހައި ލިސްޓުގައި ހިމެނީ އަގު ވައްޓަން: ޝުމްބާ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް)
ޝެއާރކޮށްލާ ކަހަލަދޯ؟

ނަމާ ދިމާލު ބްރެކެޓްގައި ވަނަން ޖަހައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނީ އަގު ވައްޓާލަން ކަމަަށް ސޯސަލް މީޑިއާގެ ނުފޫޒުގަދަ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް) ބުނެފިއެވެ.

ޝުމްބާ މިހެން ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ނެރުނު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.

އެގޮތުން ޝުމްބާ ބުނީ އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއްގައި ޖެހިފައެއް ނޯންނާނެ ކަމަށާއި، އޮތް ނަމަ ދައުލަތުން ލަންކާއިން ރަހީނުކޮށްގެން ގެނެސް ތިން އަހަރު ކުޑަ ގޮޅީގައި އަނިޔާކުރިއިރު ސުވާލު ކުރާނެ ކަމަށެވެ.

މިއަދާ ހަމައަަށް ވެސް ސުވާލުނުކޮށް އިންފޮމޭޝަން ކަލެކްޓް ކުރުމުގައި. ބްރެކެޓްގައި ވަނަން ޖަހައި ލިސްޓްގައި ހިމެނީ އަގުވައްޓާލަން.” ޝުމްބާ ބުންޏެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ތަހުގީގަށް ޝުމްބާ ވަނީ ލަންކާގައި ހުއްޓާ ހައްޔަރުކޮށްފައެވެ.

ރާއްޖެ ގެނެސް ޝުމްބާ ހައްޔަރުކޮށް ޖަލުގައި ބަންދުކުރިތާ 14 މަސް ދުވަސް ފަހުން އޭނާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 1 ގައެވެ. ޝުމްބާ ދޫކޮށްލީ ހުކުމެއް ނުކޮށް ބަންދުގައި ހުންނަތާ ތިން އަހަރާއި އެއްމަހާއި 22 ދުވަސް ފަހުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: