ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓަ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި

އަންގާރަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ނެރުނު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ހިޔާނާތާ ގުޅޭ ލިސްޓްގައި އޭނާގެ ނަން ހިމަނާފައި އޮތުމުންް މުޅި އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ތަހުޒީބީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޒިޔަތުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ލިސްޓުގައިވާ ގޮތުން ޒިއަތުއަށް ފައިސާ ދެއްވި ކަމަަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދެއްވާފައިވާ ބަޔާނުގައި ވެއެވެ. ނަމަވެސް ޒިއަތަށް ލިބިވަޑައިގެންނެވީ ކިހާ ފައިސާއެއް ކަމަށް ބުނެފައެއް ނުވެއެވެ.

ޒިޔަތަށް ފައިސާ ދިނީ އޭނާގެ ކެމްޕޭނަށް ހަރަދުކުުރުމަށް ކަމަށް އަދީބު ދެއްވި ބަޔާނުގައި ބުނެފައި ވެއެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބްގައި ޕީޕީއެމްގެ ޓިކެޓުގައި ހުޅު ހެންވޭރު ދާއިރާއަށް ޒިއަތު ވާދަކުރެއްވި އެވެ.

އެކަމާ ގުޅިގެން ޒިޔަތު ވިދާޅުވެފައިވަނީ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ޕީޕީއެމް އިން ފައިސާ ދީފައިވާއިރު، އެއީ ކޮރަޕްޝަންގެ ފައިސާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: