ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއުގެ ވަގުތުތަކުގައި އިމަޖެންސީކޮށް ޓެކްސީ ދުއްވުމުގެ ހުއްދަ ދީފި

ކާފިއު ގަޑީގައި ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކޮވިޑް ފެތުރޭ މިންވަރު ހަލުވިވަމުން ދިއުމާއެކު ހަވީރު 4 އިން ފަތިހު 4 އަށް ވަނީ ކާފިއު ހިންގަން ފަށާފައި ވީނަމަވެސް ކާފިއުގެ ވަގުތު ތަކުގައި ޓެކްސީ ދުއްވުމުގެ ހުއްދަ ޓެކްސީ ސެންޓަރުތަކަށް ދީފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއުގެ ވަގުތުތަކުގައި ޓެކްސީތައް ދުއްވުމަށް ހުއްދަ ދީފައިވަނީ އިމަޖެންސީ ހާލަތްތަކަށްކަމަށެވެ.

އެގޮތުން ހޮސްޕިޓަލްތަކަށާއި ފުލޫ ކްލިނިކްތަކަށް ދަތުރުކުރުމަށް ވަނީ ހުއްދަ ދޫކޮށްފައެވެ. އަދި ޓެކްސީއަށް އަރާ މީހުންގެ އަތުގައި ކާފިއުގެ ވަގުތުތަކުގައި ބޭރަށް ދިއުމަށް ފުލުހުން ދޫކުރާ ޕާމިޓް އޮތްތޯ ބެލުމަކީ ޓެކްސީ ޑްރައިވަރުގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އަދި ޓެކްސީ ހުއްޓުވާ ފުލުހުން ބަލާވަގުތުތަކުގައި އެ ހުއްދަ ނެތްނަމަ ޓެކްސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރަށް ޑިއުޓީ ނޫންގަޑިތަކުގައި ބައެއް މީހުން އޮފީހުގެ ފާސް ބޭނުންކޮށްގެން ބޭރުގައި އުޅޭތީ އެކަން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މަގުމަތީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ފުލުހުންގެ ޚާއްސަ ހުއްދައެއް ދޫކުރާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޓެކްސީ އަށް އަރާ ކޮންމެ ޕެސެންޖަރެއް
    އަތުގަ ފާސް އޮތްތޯ ބަލާ ، ޕަސެންޖަރު ފާސްކޮށް ، ޕަސެންޖަރު ދަތުކުރައްވަން ބޭނުންވާ މަންޒިލް އަށް ދަނީ ކީއްކުރަންތޯ އަހާ ތަހުޤީގެއް ހިންގުމަށްފަހު ޕަސެންޖަރު ޓެކްސީ އަށް އަރުވައިގެން ދަތުރު ކުރަން ފެށުމަކީ މި ރާއްޖޭގައި އެހާ ޕްރެކްޓިކަލް ކަމަކަށް ވާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ!. އެއީ ޓެކްސީ ޑްރައިވަރުންނަކީ ތަހުގީގު ކުރަން ކާރު ދުއްވަން އަރާ އުޅޭ ބައެއް ނޫން..

    ޕޮލިހުންގެ ޒިންމާ އެއް އެއީ ޓެކްސީގަ ދަތުރުކުރައްވާ ޕަސެންޖަރުގެ އަތުގަ ބޭރަށް ނިކުމެ އުޅުނުގެ ފާސް ނެތިއްޔާމުން އެ ޕަސެންޖަރަކަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ!..

    ޕަސެންޖަރަކު ކުރާ ކަމަކުން ޓެކްސީ ޑްރައިވަކަށް އަދަބު ދޭން ބުނުމަކީ ޕޮލިހުންގެ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް!.

    ޓެކްސީ ޑްރައިވަރުން ކާފިއު ގަޑީގައި ޚިދުމަތަށް ނިކުމެ އުޅެނީ ރަސްމީގޮތުން ނަގަންޖެހޭ ހުއްދަ ނަގައިގެން..

    އަޅުގަނޑުގެ ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: