ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި އެކަކުގެ ބަންދަށް ފަސް ދުވަސް

ނ.މިލަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަން އުޅުނު މީހެއް ހުއްޓުވުމުން، ފުލުހުންގެ އޮފިސަރަށް އިންޒާރުދީ، އޭނާގެ ސައިކަލުގައި ރޯކޮށްލި މައްސަލައާއި ހައްޔަރު ކުރި ތިން މީހުުންގެ ތެރެއިން އެކަކުގެ ބަންދުގެ މުްދަތު ޖަހައި އަނެއް ދެ މީހުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ މީހަކާ، 27 އަހަރުގެ މީހެއްގެ އިިތުރުން 31 އަހަރުގެ މީހެކެވެ.

ފުލުހުސްމީހާގެ ސައިކަލުގައިރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހެޑް ކުއާޓާގެ ސީނިޔާ އިންވެސްޓިގޭޝަން އޮފިސަރަކު ފޮނުވިތާ 24 ގަޑިއިރުވުމުގެ ކުރިން، އެ ހަމަލާދިން ކަމަށް ތުހުމަތުވާ ތިން ފިރިހެނުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުމުން  22 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތެއް ދިފައިވެއެވެ. އަނެއް ދެ މީހުން ވަނީ ކޯޓުން ދޫކޮށްލާފައެވެ.

އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބދުﷲ ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސީރިއެސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރެއްވި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: