ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކިބައިން އެދެނީ ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުކުރުމަށް: އިމްރާން

ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކިބައިން ފުލުހުން އެދެނީ ރައްޔިތުން ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުކުރުމަށްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގއ. ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވަނީ ފުލުހުން ގާއިމުވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިތުބާރާއެކުގައި ހިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުވުންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭފަދަ އިތުބާރުހުރި، ޒިންމާދާރު ހަރުދަނާ ހިދުމަތެއް ރައްޔިތުންނަށް ގާއިމުކޮށްދިނުންކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކިބައިން ފުލުހުން އެދެނީ ރައްޔިތުން ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުދީ އަދި އެކުގައި މަސައްކަތްކުރުމުގެ މާހައުލު ގާއިމު ކުރުންކަމަށާއި އެއީ މުޖުތަމައެއް އަމާންވެ ރައްކާތެރިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް މިފަދަ ރަށްރަށުގައިވެސް ކުށާއި ކުށުގެ ބިރުވެރިކަން އިތުރުވެގެން އަންނަ އައުން އެއީ ފުލުހުން އެކަމާ ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެެވެ. އަދި ރަށްރަށުގައި ހަމައެކަނި ފުލުހުން ބޭތިއްބުމާ ހަމައިން ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާވެގެން ނުދާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތަކާ އެެއް ހަމައަކަށް އައުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާކަމުގައި ވިދާޅުވިއެވެ.

އެގޮތުން، އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ގޮތްތަކުގެ ރަނގަޅު އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަށުގެ މުޖުތަމައާއި ކައުންސިލުު އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ހަރުދަނާކަމާއެކު މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ އޮނިގަނޑުން މަގުފަހިކޮށްދެވޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގއ. އަތޮޅު ކައުންސިލު ރައީސްއާއި ދެއްވަދޫ ކައުންސިލުގެ ރައީސް ބައިވެރިވެލެއްވިއެވެ. ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: