ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުން ރައްކާތެރިމުވަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް ސިފައިން ނުކުމެއްޖެ

ކޮވިޑް ފިޔަވަޅުތައް ތަންފީޒުކުރަން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއެކު ސިފައިންވެސް އެއްކޮށް މަސައްކަތް ކުރަން ފަށައިފިއެވެ.

އެގޮތުން މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ހިންގާ ކާފިއުގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިން އާއި ހިލާފަށް ކުރިޔަށް ގެންދާ ހަރަކާތްތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިއްޔެ އިން ފެށިގެން ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން ކާފިއު ވަގުތު ހަވީރު ހަތަރަކުން، ފަތިހު ހަތަރަކަށް އިތުރުކޮށްފައި ވާއިރު، މިސްކިތުގައި ޖަމާއަތް ހެދުމާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނުކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮވިޑް-19ގެ ހާލަތު މާލެ ސަރަހައްދާ ރާއްޖެ ތެރޭގެ ރަށްރަށުގައި ވަނީ ވަރަށް ގޯސްވެފައެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވްވާ މީހުންވަނީ 1000 ފަހަނަ އަޅާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި އައިސީޔޫތައް ވެސް ވަނީ ފުރުމަކާ ގާތްވެފައިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: