ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފްކޯގެ ފްލެޓްތައް 3 މަސް ދުވަސްތެރޭ ނިންމަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަންފަށާފައިވާ ފްލެޓްތައް ކުރިއަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ދިއުމުގެ ސަބަބުން ފްލެޓް ލިބުނު ސިފައިންގެ އާއިލާތަކަށް އަދިވެސް ވަނީ ދާއިމީ ބޯހިޔާވަހިކަމެއް ލިބޭ ގޮތް ނުވެފައެވެ.

އިއްޔެ ފާހަގަކުރި 131 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ވައިސް ޗީފް އޮފް ޑިފެންސްފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ސިފައިންގެ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެގއިން ހުޅުމާލޭގައި ގާއިމްކުރާ ސިފްކޯ ހިޔާ ގެ މަސައްކަތް ކުރިއަށް އޮތް ތިންމަސް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިފްކޯ ހިޔާ ގެ މަސައްކަތް ނިމި ސިފައިންގެ އާއިލާތަކަށް އެފްލެޓަށް ވަދެވުމުން ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަަކުގެ މަސައްކަތް ފެށިތާ 10 އަހަރު ވެފައިވާއިރު އެތަންތަން ނުނިމި މަސައްކަތް ދިގުލައިގެން ދާ މައްސަލައިގައި ސިފްކޯ އަދި ޕޮލްކޯ އާއި މަޖިލީހުގެ ކޮމެޓީން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ސިފްކޯ ހިޔާގެ މަސައްކަތް މި ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވެސް ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ސިފްކޯ ހިޔާގައި ހިމެނެނީ ޝޯސަލް ހައުސިންގ ޔުނިޓްތަކަށްވުރެ ލަގްޒަރީ 3 ކޮޓަރީގެ އެޕާޓްމެންޓެވެ. 3 ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައި 900 އަކަފޫޓް ހުރެެއެވެ. ސިފްކޯ ހިޔާގައި ޖުމްލަ 330 ފްލެޓް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: