ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވެ ސޯދުބެއަށް ފަރުވާ ދެނީ!

ދިވެހި މުދައްރިސް، އަބްދުﷲ ސޯދިގު (ސޯދުބެ)/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، ލިބިވަޑައިގެންފައިވާ، ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވެ މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

އުމުރުފުޅުން 85 އަހަރުގެ ސޯދުބެއަށް ކޮވިޑު ބަލި ޖެހުމުން ގިނަ ބަަޔަކު ދަނީ އަވަސް ޝިފާއަށް އެދި ސޯޝަލް މީޑިއާގައި ހެޔޮ އެދުމުގެ ޝުއޫރުތައް ހިއްސާ ކުރަމުންނެވެ.

ސޯދުބެއަކީ ދިވެހި ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އަދި މިހާރު ވެސް ދިވެހި ބަހުގެ އެކަޑަމީގެ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.

ސޯދުބެ އަކީ ނޫސްވެރިންނާއި، ލިޔުންތެރިންގެ އިހުތިރާމް ލިބިގެންވާ ބޭފުޅެކެވެ. އަދި ސޯދުބެ ވަނީ ދިވެހި އަދަބިއްޔާތާއި، ނޫސްވެރިކަން އަދި ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: