ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ޅ. ނައިފަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާރު ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ޒުވާނަކަށް ފުލުހުންތަކެއް އަނިޔާކޮށް ބިންމަތީގައި ދަމާފައި ގެންދާ މަންޒަރެވެ.

އެރަށު ފުލުހުން އެރަށު ދެ ޒުވާނަކަށް އަނިޔާކޮށް، އެ މީހުންނަށް ބިރުދައްކާފައިވާ ކަމަށްވެއް އެރަށުން ވާހަކަދެއްކި މިހުން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ނައިފަރުގައި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ބެލުމަށްފަހު އެފަދަ އަމަލެއް އެރަށު ފުލުހުން ހިންގާފައިވާނަމަ، އަމަލުކުރާ އުސޫލުގެ ދަށުން އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: