ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއިލްއިން ގާޒާ ހިސޯރުކޮށްފައި އޮތުން ހުއްޓުވައިގެން ނޫނީ ސުލްހަ ގާއިމް ނުކުރެވޭނެ: އީވާ

ދިވެހިރާއްޖެ ފަލަސްތީނުގެ ގައްޒާ ރައްޔިތުންނާއި އެކު ތިބިކަން މުޅި ދުނިޔެއަށް ހާމަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއިލްއިން ގާޒާ ހިސޯރުކޮށްފައި އޮތުން ހުއްޓުވައިގެން ނޫނީ ސުލްހަ ގާއިމް ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ރާއްޖޭގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ބާއްވާފަ އެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޮވިޑު ފެތުރެމުންދާތީ އާއި، މާލޭގައި ހަވީރުގެ 04:00 ގެ ފަހުން ކާފިއު އިއުލާނުކޮށްފައިވާތީ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ގެތަކުގެ ބެލްކަނީ ތަކުންނާއި، ގޭ ދޮރުމަތިން ފަލަސްތީނާއި ރާއްޖޭގެ ދިދަ ހިފައިގެން ތިބެއެވެ.

“ފްރީ ފަލަސްތީނު” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އެވެ. އޭގެ ތެރޭގައި، ފަލަސްތީނުގެ ބޮޑު ދިދަތައް ގިނަ ގެތަކުގެ ބެލްކަނީގައި އަޅުވާފައި ވެއެވެ. މި ހަރަކާތުގެ ތެރެއިން ފޮޓޯއެއް ހިއްސާކޮށް އީވާ ވިދާޅުވީ، އިސްރާއިލްއިން ގާޒާގެ ބިންތަކަށް ވެރިވެގެންފައިވާއިރު އަމަންކަން ގާއިމް ކުރެވެން އޮތީ ދެ ދައުލަތެއް ގާއިމްކޮށްގެން ކަމަށެވެ. އެއީ ފުރިހަމަ މިނިވަންކަމެއް ލިބިގެންވާ ދައުލަތަކަށް ވާންޖެހޭނެކަން ވެސް އީވާ ފާހަގަ ކުރެއްވި އެވެ.

އީވާ ވިދާޅުވީ އެއްވެސް ހުއްޓުމެއް ނެތް ލާއިންސާނީ ހަމަލާތަކާއި، ހަމަނުޖެހުންތައް އުފެއްދުމަށް ނިމުމެއް އަންނަން ޖެހޭ ކަމަށެވެ.

ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ޓްވީޓެއް ކުރެއްވި އެވެ. ފަލަސްތީނުގެ ދިދައެއް ޓްވީޓު ކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކޮށް ދުނިޔޭގެ ގައުމުތަކުން މަގުތަކަށް ނުކުމެ ދަނީ އިހުތިޖާޖުތައް ކުރަމުންނެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއިން މި ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުން އަންނައިރު، އެ ގޮވާލުންތަކަށް ރައްދު ދީ އިސްރާއީލްގެ ބޮޑުވަޒީރު ވަނީ ހަމަލާތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: