ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިތުރަށް ބަލި ފެތުރެމުންދާތީ ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 12 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ބަލައިގަތުމަށް ނުފެންނަ ކަމަށް 18 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ވަރަށް ބޮޑަށް ފެތުރެމުން އަންނައިރު، ވަސީލަތްތައް ގާއިމު ކުރުމަށާއި އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

އެގޮތުން މާލެއާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށެވެ. އަދި ރަށްރަށުގައި ނަގާ ކޮވިޑްގެ ޓެސްޓުގެ ނަތީޖާ ނުލިބި ގިނަ ދުވަސްވާކަމަށާއި، އަދި މިކަމުގައި ހަރަކާތްތެރިވާ ސިއްހީ ފަރާތްތައް ވަރުބަލިވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެ ބެޑް ކެޕޭސިޓީ އެކަށީގެންވާ ވަރަށް ނެތުމާއެކު ގިނަ ބަޔަކަށް ފަރުވާ ނުދެވި ފުރާނައަކަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ކޮވިޑް ޝީލްޑްގެ ދެވަނަ ޑޯޒް ނުލިބިގެން އެތައް ހާސް ބަޔަކު ވެކްސިން ނުޖެހިފައި ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދޭން އިތުރު ވަސީލަތްތައް ގާއިމްކޮށް އިންސާނީ ވަސީލަތްތައް ގާއިމްކޮށް ހަރުދަނާ ފިޔަވަޅު އަޅައި މަސައްކަތް ހަަލުއިކޮށް މިހާރަށް ވުރެ ރަނގަޅަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: