ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ފަރުވާ ހޯއްދެވިއިރު ހޮސްޕިޓަލުގެ ފާހަނާއިން ފިސްތޯލައެއް ފެނުނު!

ރައީސް ނަޝީދުގެ ބޮލަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއެއް/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު އެމަނިކުފާނު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދިޔައިރު އެ ހޮސްޕިޓަލުގެ ފަހާނާގެ ތެރެއިން ފިސްތޯލައެއް ފެނުނުކަމަށް ދެކެވޭ ވާހަކަތައް ސާފު ކުރުމަށްފަހު މީޑިއާތަކާއި ހިއްސާކުރާނެކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓަރަރިސްޓު ހަމަލާއަށްފަހު އެމަނިކުފާނު އޭޑީކޭގައި އެޑްމިޓުކޮށް ފަރުވާދީފައި ވެއެވެ. އަދި 16 ސާޖަރީއެއް ކުރުމަށްފަހު މިވަގުތު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަންވިލާތުގަ އެވެ.

އޭޑީކޭގެ ވެސް ސެކިއުރިޓީ ވަރުގަދަކޮށް، ރައީސް ނަޝީދު ފުރާވަޑައިގަންނަވަން ދެން ސިފައިން ދިޔައީ ހޮސްޕިޓަލް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ފިސްތޯލައެއް ފެނިފައި ވަނީ ހޮސްޕިޓަލުގެ ފާހަނާގެ ތެރެއިންނެވެ. އަދި އޭގައި ސައިލެންސްސަރެއް ހަރުކޮށްފައިއިން ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ ޗީފް ސުޕްރެންޑިންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ އޭނާ ޕްރެސްއަށް ވަޑައިގެންނެވީ އެ މައްސަލައިގެ މައުލޫމަތާއި އެކު ނޫން ކަމަށެވެ. އެހެން ކަމުން، މުވައްސަސާގެ މީޑިއާ ޑިޕާޓްމެންޓު މެދުވެރިކޮށް އެ މައްސަލައިގައިގެ މައުލޫމާތު ދޭނެކަމަށް ބަޝީރު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގެ ތުހުމަތަށް ފުލުހުން ވަނީ ހަތަރު ވަނަ މީހަކު ވެސް ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ކަމަށެވެ.

އޭގެ ކުރިން ހައްޔަރު ކުރީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާ ދިނުމަށް ތައްޔާރުކޮށްފައިވާ ރިމޯޓު ގެންގުޅުނު މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

ހަމަލާއަށް ދެ ހަފްތާ ވެގެން ދިޔައިރު ވެސް މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ނުލިބޭތީ އާއްމުންގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައިވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކުކަމަށް ފުލުހުން ތުހުމަތުތަކެއް ކުރާއިރު، އޭގެއިން ބޭރުން ބައެއްގެ އަތެއް އޮވެދާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް ތަހުގީގު ކުރިޔަށް ދާ މައްސަލައެއްކަމުން އިތުރު މައުލޫމާތެއް ދެވެން ނެތްކަމަށް ބުންޏެވެ.

މީގެ އިތުރުން އެ ހަމަލާއަށްފަހު ރާއްޖޭގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައިވާއިރު، ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތާއި އެކު ވީއައިއޭގައި ފުލުހުންނާއި ސިފައިން ހަތިޔާރާއި އެކު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ލިބުނު މައުލޫމާތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކުރެވިފަ އެވެ.

ސިފައިންގެ އެލާޓް ލެވެލް މަތިކޮށް، ފުލުހުންނާއި ސިފައިން ރާއްޖޭގެ އެކި ހިސާބުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރެއިން ލިބުނު އިންޓެލް މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. އެ މީހުންނާއި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުމެއްވާކަން އަދި ސާފެއް ނޫނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: