ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީން އިސްތިއުފާ ދީ އީސަ ބުނީ ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރާކަމަށް!

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ/ ފޮޓޯ: އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

މެމްބަރު އީސަގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކުރެވި، އެ މައްސަލަ މީޑިއާތަކުގައި ފެންމަތިވީ އިއްޔެ އެވެ. އެ މައްސަލައިގައި އަނިޔާތަކެއް ލިބުނު އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ވަނީ މައްސަލަ ފުލުހުންގެ އެފްސީޕީޑީއަށް ހުށަހަޅުއްވާފައެވެ. އަދި އިއްޔެ ބަޔާން ވެސް ދެއްވި އެވެ.

އިތުބާރު ކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެެވެ. އަދި އީސަ ވަނީ ދެ ބޭފުޅުންގެ ދެ އަހަރު ވެސް ނުވާ ތުއްތު ކުއްޖާ ނުވަ ވަނަ ފަންގިފިލާއިން ބިންމައްޗަށް ވައްޓާލާނެ ކަމުގެ އިންޒާރުތަކެއް ވެސް ދީފަކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ގޭތެރޭގައި އަޑުގަދަ ވާން ފެށުމުން އެ މައްސަލަ ހުށަހަޅާފައިވަނީ އެ މީހުންގެ އަވައްޓެރިއެކެވެ.

އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާއިރު އޭނާގެ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި މިއަދު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ ބައްދަލުވެއް ބާއްވައި، އީސަ މުގައްރިރުކަމުން ވަކި ކުރުމަށް ހުށަހެޅި ނަމަވެސް ބައްދަލުވުން ނިންމާލަން ޖެހުނީ ކޯރަމް ހަމަނުވެގެންނެވެ.

އެ ބައްދަލުވުން ނިންމާލިތާ މާގިނަ އިރުތަކެއް ނުވެ، ކޮމިޓީން އިސްތިއުފާ ދެއްވާކަމަށް ވިދާޅުވެ އީސަ އާއްމު ކުރި ބަޔާނުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގު ކުރިޔަށް ދާތީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮމިޓީން އިސްތިއުފާ ދެނީ ކަމަށެވެ.

އީސަގެ ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށެވެ. އެހެން ކަމުން، ފުލުހުންނަށް ކުރާ އިތުބާރާއި އެކު، މުވައްސަސާގެ ތަހުގީގު ކުރިޔަށް ގެންދިއުމުގައި ފުރިހަމަ އެއްބާރުލުމެއް ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ. އަދި މިއަދު އޭނާ ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެ ދިޔަ 24 ގަޑިއިރަކީ ދަރިފުޅަށާއި އޭނާއަށް ކުރިމަތިވި ދަތި އުނދަގޫ ވަގުތެއް ކަމަށެވެ. އަދި ކުރިމަތިލާން ޖެހުނީ ދުވަހަކު ވެސް ހީނުކުރާ ވަރުގެ އުނދަގޫ ވަގުތަކާއި ކަމަށެވެ. މި އުނދަގޫ ވަގުތުގައި، ރަހުމަތްތެރިންނާއި، ހެޔޮއެދޭ ފަރާތްތަކުން، ދެއްވި ހިތްވަރަށްޓަކައި  އެފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް އަސްރާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: