ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއައިޓީޑީސީގެ ކުރީގެ ދެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝާހިދު - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް އަށާރަ ވަނަ އަހަރުގެ އާ އަހަރު ފާހަގަކުރުމަށް ރައީސް ޔާމިންގެ ސަރުކާރުން މާލޭގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރަން ގެނައި ކޯލްޑް ސްޕާކްސް މެޝިންތަކެއްގެ މައްސަލައިގައި، މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްއައިޓީޑީސީ)ގެ އޭރުގެ ދެ ވެރިއަކަށް ކޮރަޕްޝަންގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު، މުހައްމަދު ޝާހިދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޝަކީބާ ހުސައިން ގެ މަށްޗަށެވެ.

އާ އަހަރުގެ ޝޯގައި ބޭނުންކުރަން ގަނެފައިވާ ކޯލްޑް ސްޕާކްސް މެޝިންތައް ގަތުމަށް 7234 ޑޮލަރު (111،548.28 ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނެފައިވަނީ ކާނިވާ ސަރަހައްދުގައި 31 ޑިސެމްބަރު 2017 ގައި ބޭއްވި އާ އަހަރުގެ ޝޯގައި ބޭނުންކުރަން ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އާ ހަވާލުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް ގަނެފައިވާ ކަމަށެވެ. ނަމަވެސް، އެ މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑާ، އާ އަހަރުގެ މިއުޒިކް ޝޯ ބާއްވަން ވާއިރަށް ވެސް ލިބިފައި ނުވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ.

އޭގެއިތުރުން، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންނެތުމާއެކު، އޭރު މެޝިންތައް ގެނެސް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ނުވާކަން ތަހުގީގުން އެނގޭ ކަމަށްވަނީ ހާމަވެފައެވެ.

އަދި، އެމްއައިޓީޑީސީގެ މެނޭޖްމަންޓް 2019ވަނަ އަހަރުގައި  ބަދަލުވެ އެމްއައިޓީޑީސީއިން އެންގުމުން ލިންކްސް  އިން އެ މެޝިންތައް އެމްއައިޓީޑީސީއާ ހަވާލުކޮށްފައިވާކަމާއި އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތް ކޮށްފައި ނެތްކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

އެ މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ހަރަދުކުރުމުގައި ހުންނަންޖެހޭނެކަމަށް އެމްއައިޓީޑީސީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށްކަން ކަމަށާއި، އެގޮތުން މެނޭޖްމަންޓްގެ ނިންމުމެއް، ޕާޗޭސް ރިކުއެސްޓް، ކޯޓޭޝަން، ޕާޗޭސް އޯޑަރް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ

އަދި އެއް އަހަރާއި ފަސް މަސް ވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި ގެ ބެލުމުގެ ދަށުގައިކަން އެނގޭ ކަމަށެވެ.

އެހެންކަމުން، އެމްޑީ ޝާހިދު އާއި، ޑެޕިއުޓީ އެމްޑީ ޝަކީބާ އެގޮތަށް އަމަލުކޮށްފައިވަނީ އެފަރާތްތަކުގެ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް އައި އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައިކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށް އޭސީސީ އިން ބުންޏެވެ.

އެހެންކަމުން މި ދެ މީހުންގެ މަށްޗަށް ރަސްމީ ހައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރަން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: