ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލި މީހާއަށް ހަމަލާދިނީ އާއިލާއިން ހަމަޖެއްސި މީހެއް: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުވަމުންދާ ވީޑީއޯގައި ބަލި މީހާއަށް ހަމަލާދިނީ އާއިލާއިން ހަމަޖެއްސި މީހެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް ބިދޭސީ އެހީތެރިޔަކު އިހާނެތިކޮށް ހިތާ ހިތާ މަންޒަރެވެ. އެގޮތުން އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެ ބަލި މީހާގެ ގައިގައި ޖެހިތަން ވެސް ފެނެއެވެ.

https://www.facebook.com/701549798/posts/10159017984179799/?d=n

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މައްސަލަ ފުލުހުން މިހާރު ބަލަމުންދާ ކަމަށާއި އަދި އެ ބިދޭސީ އެހީތެރިޔާ އަކީ އެ ބަލި މީހާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ މީހެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އޭނާ އެ ބަލިމީހާގެ ކަންކަމުން އެއްފަރާތްކޮށްފައިވާކަން އާއިލާ އަށް މިހާރު އަންގާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބި ސިއްހީ ހިދުމަތްތެރިން އެ ބަލި މީހާގެ ކަންކަން މިހާރު ބަލަހައްޓަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފަދަ ވީޑިއޯއެއް އާންމުވެފައި މިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިންތިޒާމުތަކާ ގުޅިގެން އެތައް ބައެއް ނުރުހުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 53%ވަރަށް ދެރަ 31%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހުރިހާކަމަކަށްވެސް ބަންގާޅީން މިހާރުހުންނާނީ ރާކަނިމަސް ކެވިމަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: